Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާ ރައްޔިތުން ގަދަކަމުން ސޫދާނަށް ބަދަލުކުރުން މަޝްވަރާ ކޮށްފި - އޭޕީ

ޣައްޒާ ރައްޔިތުން ގަދަކަމުން ސޫދާނަށް ބަދަލުކުރުން މަޝްވަރާ ކޮށްފި - އޭޕީ

ހުސައިން އިސްމާއިލް
295 ދުވަސް ކުރިން - 14 އޯގަސްޓް 2025 19:22
ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ / ފޮޓޯ: އޭޕީ
ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ / ފޮޓޯ: އޭޕީ
ޚުލާސާ

ޣައްޒާގެ ރައްޔިތުން ގަދަކަމުން އެ ބިމުން ބާލައި ސޫދާނަށް ގެންދިއުމަށް ނަތަންޔާހޫ ސޫދާން ސަރުކާރާ އެކު މަޝްވަރާ ކޮށްފި ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފި.

މަޖުބޫރުކޮށްގެން ފަލަސްތީނު ރައްޔިތުން ޣައްޒާގެ ބިމުން ބޭލުމަށްފަހު ސޫދާނަށް ބަދަލުކުރުން ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސޫދާން ސަރުކާރާއި އެކު މަޝްވަރާ ކޮށްފި ކަމަށް އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓް ކޮށްފިއެވެ.

ނަން ހާމަ ނުކޮށް ތަފާތު ހަ މަސްދަރަކާއި ޙަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ފަލަސްތީނު މީހުން ޣައްޒާއިން އިރުމަތީ އެފްރިކާގެ ގައުމަށް ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ދެކުނު ސޫދާނާ އެކު ވަރަށް ފުޅާކޮށް މަޝްވަރާ ކޮށްފައެވެ.

އޭޕީން ފާހަގަކުރި ގޮތުގައި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ކަމެކެވެ.

Advertisement

Advertisement 1

ނަމަވެސް މި ވާހަކަތައް ދެކުނު ސޫދާނުން ވަނީ ދޮގު ކޮށްފައެވެ. އެ ޤައުމުން ވަނީ މިއީ "އަސާސެއް ނެތް" އަދި އެ ޤައުމުގެ ރަސްމީ ސިޔާސަތާއި ޚިލާފު ރިޕޯޓްތަކެއް ކަމަށް ސިފަކޮށްފަ އެވެ.

ދެކުނު ސޫދާނުން މި ވާހަކަތައް އިންކާރު ކުރި ނަމަވެސް، އިސްރާއީލާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ވަނީ އިތުރުވެފަ އެވެ. އިސްރާއީލުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޝަރެން ހަސްކެލް ވަރަށް ފަހުން ދެކުނު ސޫދާނަށް ވެސް ވަޑައިގަތެވެ.

ދެކުނު ސޫދާންއިސްރާއީލްޣައްޒާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

ބޭސް ހުސްވެ ޣައްޒާގެ 4000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލުގަ

1 ދުވަސް ކުރިން - 12:37

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

1 ދުވަސް ކުރިން - 11:09

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

ޣައްޒާއިން އަނެއްކާވެސް އިތުރު 8 މީހުން ޝަހީދުކޮށްލައިފި

1 ދުވަސް ކުރިން - 07:38

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

3 ދުވަސް ކުރިން - 03:12

ހަމަލާތައް ނުހުއްޓުވައިފިނަމަ އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން ދީފި

ހަމަލާތައް ނުހުއްޓުވައިފިނަމަ އެމެރިކާއާއެކު ބާއްވާ މަޝްވަރާތައް މެދުކަނޑާލާނެކަމުގެ އިންޒާރު އީރާނުން ދީފި

3 ދުވަސް ކުރިން - 05:49

އިސްރާއީލުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން ވަރުގަދަ ރައްދެއް ދީފި

އެއްބަސްވުމާ ޚިލާފުވުމުން ހިޒްބުﷲ އިން އިސްރާއީލަށް ވަރުގަދަ ރައްދެއް ދީފި

3 ދުވަސް ކުރިން - 05:32