އެމެރިކާއިން 1992 ވަނަ އަހަރުން ފެށިގެން ނިއުކްލިއާ ޑިވައިސްއެއް ގޮއްވާފައި ނުވާއިރު، ވަރުގަދަ ނިއުކްލިއާ ހަތިޔާރު ޓެސްޓްކުރުން ހުއްޓައިލިތާ ދިހަވަރަކަށް އަހަރު ވެއްޖެ.
355 ދުވަސް ކުރިން - 15:52
މަސްތުވާތަކެތީގެ ގޭންގަކާއި ދެކޮޅަށް ބްރެޒިލްގައި އެޤައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 132 މީހުން މަރުވެއްޖެ.
355 ދުވަސް ކުރިން - 14:18
އެމެރިކާ ރައްޔިތުން މަރުބަލިން ސަލާމަތްކުރެވޭތޯ ޗައިނާއިން އަލުން އެމެރިކާ އަށް ބޭސް އުފައްދާ ކެމިކަލް ފޯރުކޮށްދިނުމަށް އެއްބަސްވެއްޖެ.
355 ދުވަސް ކުރިން - 12:58
ދެކުނު ކޮރެއާގައި ޝީ އާއި ޓްރަމްޕް ބައްދަލުކުރެއްވިއިރު ޗައިނާގެ މުދަލުމް ނަގާ ޓެރިފް ކުޑަކުރަން ޓްރަމްޕް ވަނީ ނިންމާފަ.
355 ދުވަސް ކުރިން - 11:07
ރަޝިޔާއާ ވިއެޓްނާމް ގުޅިގެން ހަދާ ރޭލްވޭ ބްރިޖު 2200 ކިލޯމީޓަރަށް ވުރެ ދިގުވާނެ.
356 ދުވަސް ކުރިން - 20:19
އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ ބިޔާ ކެމަރޫންގެ ރައީސްކަމަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 1982 ވަނަ އަހަރު. އޭގެފަހުން މިއަދާއި ހަމަޔަށް އެޤައުމުގެ ރައީސަކީ އެމަނިކުފާނު.
356 ދުވަސް ކުރިން - 12:11
ޙަމާސް އިން އެއްބަސްވުމާއި ޚިލާފުވެއްޖެ ކަމަށް ބުނެ ޒައެނިސްޓުން ޢުދުވާން ހިންގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 67 އަށް އަރައިފި
356 ދުވަސް ކުރިން - 08:58
ޙަމާސް އާއި ޔަހޫދީންނާ ދެމެދު ހެދި އެއްބަސްވުން ތަންފީޛުކުރާކަން ކަށަވަރުކުރުމުގެ ގޮތުން އެ ސަހަރަށް ފޮނުވާ ބައިނަލްއަޤްވާމީ ފައުޖުގައި ތުރްކިޔޭ ހިމަނަން އެމެރިކާއިން ބުނުމުން ޔަހޫދީން ދެކޮޅުހަދައިފި.
357 ދުވަސް ކުރިން - 21:18
ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުންކުރާ ޕްލޫޓޯނިއަމްގެ އެންމެ ބޮޑު ރިޒާވް ހުރީ ރަޝިއާގަ. އެއީ 128 ޓަނު. އެމެރިކާގައިނހުރީ 49 ޓަނު.
357 ދުވަސް ކުރިން - 13:28
ތުރުކީއަށް ރޭ އައީ 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް. 22 މީހަކަށް އަނިޔާވިއިރު 3 ޢިމާރާތެއް ވެއްޓުނު.
357 ދުވަސް ކުރިން - 12:42
މަމްދާނީގެ ފަހަތުގައި ބިލިއަނަރުންނާއި އިމާމުންންނާއި އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ 30 ޖަމާޢަތެއް ހިމެނޭ ދިހަ އަހަރު ދުވަހުގެ ނެޓްވޯކެއްގެ އެބައޮތް ކަމަށް ފޮކްސް ނިއުސްގެ ތަޙްޤީޤުން ބުނޭ.
357 ދުވަސް ކުރިން - 11:34
އިސްރާއީލުގައި ނުރައްކާތެރި ވައިރަހެއް ފެތުރި މިހާތަނަށް 8 ކުދިން މަރުވެ 5000 އެއްހާ ކުދިން ޕޮޒިޓިވްވެ، ނުވަ ސަރަޙައްދެއް ވަނީ އެލާޓަށް އައިސްފަ.
358 ދުވަސް ކުރިން - 16:16