50.4 އިންސައްތަ ހޯއްދަވައިގެން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް މަމްދާނީ އިންތިޚާބު ކާމިޔާނު ކުރެއްވިއިރު އޭނާއާއި ވާދަކުރައްވާ މިނިވަން ކެނޑިޑޭޓަށް ލިބިވަޑައިގެންނެވީ 41.6 ޕަސަންޓް.
349 ދުވަސް ކުރިން - 10:01
ޛަޚްރާން މަމްދާނީ އަކީ ކޮމިއުނިސްޓެއް ކަމަށާއި އޭނާ ހޮވައިފިނަމަ އެމެރިކާއަށް މުސީބާތެއް ލައްވާލާނެ ކަމަށް ޓްރަމްޕް ބުނުމުން އެމެރިކާގެ މުސްލިމުން ބުނީ ޓްރަމްޕަކީ މުސީބާތެއް ކަމަށް.
350 ދުވަސް ކުރިން - 13:16
ޓަންޒޭނިއާގެ ރައީސަކީ މުސްލިމު އަންހެނެއް. އޭނާ އާއި ދެކޮޅަށް މުޒާހަރާތަކަށް ނުކުމެ ހަޅުތާލު ހިންގުމުގައި އިސްކޮށް އުޅެނީ ކްރިސްޓިއަނުން.
350 ދުވަސް ކުރިން - 10:58
އަފްޣާނިސްތާނަށް މިއަދު އައި 6.3ގެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 20 މީހުން މަރުވިކަން ކަށަވަރުވާއިރު، އޮގަސްޓުގައި އައި 6.2ގެ ބިންހެލުމުގައި 2205 މީހުން މަރުވި.
351 ދުވަސް ކުރިން - 13:52
އިސްރާއީލުގެ ޖަލެއްގައި ފަލަސްޠީނު ފިރިހެނަކު ބަނދެ އޭނާ ބަރަހަނާ ކުރުމަށް ފަހު ތަޅައި އަނިޔާކުރުން ނަތަންޔާހޫއަށް މައްސަލައަކަށް ނުވި. އޭނާ އަށް ގޯހީ އެ ވީޑިއޯ ލީކުކޮށްލުމުން.
351 ދުވަސް ކުރިން - 11:51
ޣިރާޤު، ސީރިއާ އަދި ލުބުނާން ސަރަޙައްދުގައި ތިބި އީރާނުގެ ބާރުތައް ނައްތާލުމަށް އެމެރިކާ އާއި އިސްރާއީލް ގުޅިގެން ހަނގުރާމައެއް ކުރުމަށް ނިންމައިފި ކަމަށް ޣިރާޤުން ބުނެފި.
352 ދުވަސް ކުރިން - 21:03
ޓްރަމްޕްގެ މެދުވެރިވެ ޤަތުލުޢާންމު ހުއްޓައިލި ނަމަވެސް ޒައެނިސްޓު ބާރުތަކުން ގެންދަނީ ޣައްޒާއަށް ދޭ އެހީ ތައް ހުއްޓުވަމުން.
352 ދުވަސް ކުރިން - 19:22
ރަޝިޔާއިން ބުނާ ގޮތުގައި އެ ޤައުމުގެ ނިއުކްލިއާ ސަބްމެރީނުން އެމެރިކާ އަށް ބާރުގަދަ ސުނާމީ އެއް އަރުވައި އެމެރިކާ ފުނޑާލުމުގެ ޤާބިލްކަން ލިބިގެންވޭ.
352 ދުވަސް ކުރިން - 10:51
އެންމެ ވަރުގަދަ އިދިކޮޅު ދެލީޑަރުންގެ ނަން ވޯޓުކަރުދާހުގައި ނުޖަހައި، ކޯރާޑިއާއި މަރުތޭލު ހިފައިގެން ނުކުމެ 97ޕަސެންޓް ހޯއްދަވައިގެން ޓަންޒޭނިއާގެ ރައީސް ސާމިއާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި.
353 ދުވަސް ކުރިން - 23:11
ޣައްޒާގެ ޤަތުލުޢާންމު ހުއްޓައިލުމުގެ އެއްބަސްބުމަށް ޢަމަލުކުރަން ފެށުމާއި އެކު އެންމެ ފުރަތަމަ ހުޅުވީ އަޒްހަރު ޔުނިވާސިޓީ.
353 ދުވަސް ކުރިން - 13:05
ވެނެޒުއެލާގެ ވެރިކަން ވައްޓާލަން އެމެރިކާއިން މަސައްކަތްކުރާތީވެ، 3 އަހަރަށް ބޭނުންވާ އަސްކަރީ އެހީތެރިކަމަށް ރައީސް މަޑޫރޯ ވަނީ ރަޝިޔާގައި އެދިވަޑައިގެންފަ.
353 ދުވަސް ކުރިން - 10:26
ޖެފްރީ އެޕްސްޓައިންއާ ގުޅުން ހުރި ޖިންސީ އަނިޔާގެ މައްސަލައިގައި ޕްރިންސް އެންޑްރޫގެ ޝާހީ ލަގަބާއި އިމްތިޔާޒުތައް ވެސް ކިންގް ޗާލްސް މިއަދު ރަސްމީކޮށް އުވާލައިފި.
354 ދުވަސް ކުރިން - 12:38