އެމެރިކާގެ ނިއުޔޯޅުގެ ތާރީޚް ބަދަލުވެ، މުސްލިމަކަށް ނިއުޔޯކުގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ލިބިއްޖެއެވެ.
މިހާތަނަށް ގުނި ނަތީޖާތައް ދައްކާ ގޮތުގައި ޖެނުއަރީ 1 ގައި ނިއުޔޯކް ސިޓީގެ މޭޔަރުގެ މަޤާމާއި ޙަވަލުވެވަޑައިގަންނަވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޛަޚްރާން މަމްދާނީއެވެ. މަމްދާނީ އަކީ ޔުގަންޑާ އަށް އުފަން ބޭފުޅެކެވެ.

ޒޮޚްރާން މަމްދާނީ
މިހާތަނަށް ގަދަ 3 ކެންޑިޑޭޓުން:
1. ޛަޚްރާން މަމްދާނީ (ޑިމޮކްރެޓިކް ޕާޓީ) — ގާތްގަނޑަކަށް 1،034،350 ވޯޓު. މިއީ 50.4 ޕަސަންޓް.
2. އެންޑްރޫ ކުއޯމޯ (މިނިވަން) — ގާތްގަނޑަކަށް 853،106 ވޯޓު، 41.6 ޕަސަންޓް
3. ކަރޓިސް ސްލިވާ (ރިޕަބްލިކަން) — ގާތްގަނޑަކަށް 145،880 ވޯޓު، 7 ޕަސަންޓް
އެމެރިކާގެ އެންމެ ބޮޑު ސިޓީގެ މި އިންތިޚާބަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، މިކަމުގެ އަސްލު ސަބަބަކީ ވެސް މަމްދާނީ އެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު އިންތިޚާބުގައި 1،748،698 މީހުން ފޮށިތަކަށް ވޯޓު ލާފައިވާއިރު 124،000 މީހުން ވަނީ މެއިލް އިން ވޯޓު ލާފައެވެ.
އެހެންކަމުން މިހާރު ގުނަމުންދާ ވޯޓުގެ ނަތީޖާ އަށް ކުދިކުދި ބަދަލު އަޔަސް ޖުމްލަ ނަތީޖާ ބަދަލެއް ނުވާނެއެވެ. މާނައަކީ ދެން އެމެރިކާގައި މޭޔަރުކަން ކުރާނީ މުސްލިމެކެވެ.






