Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރަމްޕަކީ މުސްލިމުންނަށް ހުރި މުސީބާތެއް ކަމަށް ބުނެފި

ޓްރަމްޕަކީ މުސްލިމުންނަށް ހުރި މުސީބާތެއް ކަމަށް ބުނެފި

ޢަބްދުﷲ ޖުނައިދު
309 ދުވަސް ކުރިން - 4 ނޮވެންބަރު 2025 13:16
ނިއުޔޯކުގެ މޭޔަރު އިންތިޚާބު ވާދަކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕުގެ އިދިކޮޅު މަމްދާނީ (ކ)
ނިއުޔޯކުގެ މޭޔަރު އިންތިޚާބު ވާދަކުރާނެ ކަމަށް ބެލެވެނީ ޓްރަމްޕުގެ އިދިކޮޅު މަމްދާނީ (ކ)
ޚުލާސާ

ޛަޚްރާން މަމްދާނީ އަކީ ކޮމިއުނިސްޓެއް ކަމަށާއި އޭނާ ހޮވައިފިނަމަ އެމެރިކާއަށް މުސީބާތެއް ލައްވާލާނެ ކަމަށް ޓްރަމްޕް ބުނުމުން އެމެރިކާގެ މުސްލިމުން ބުނީ ޓްރަމްޕަކީ މުސީބާތެއް ކަމަށް.

ނިއުޔޯކުގެ މޭޔަރު ކަމަށް ޔޫގާންޑާ އަށް އުފަން ޛަޚްރާން މަމްދާނީ ކަހަލަ މުސްލިމަކު ހޮވައިގެން ނުވާނެ ކަމަށާއި ޒޮޚްރާން މަމްދާނީ އަކީ 100 ޕަސަންޓް ކޮމިއުނިސްޓެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމާއި ގުޅިގެން، ޓްރަމްޕަކީ މުސްލިމުންނަށް ހުރި މުސީބާތެއް ކަމަށް އެމެރިކާގެ މުސްލިމުންތައް ބުނަން ފަށައިފިއެވެ.

ނިއުޔޯކުގެ މޭޔަރު ކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިދިކޮޅު ޑިމޮކްރެޓްސްގެ މަމްދާނީއެވެ. އެމެރިކާގެ 80 ޕަސެންޓް ރައްޔިތުން އޭނާ ހޮވޭނެ ކަމަށް ލަފާ ކުރެއެވެ. ޕޯލްތަކުން ދައްކާ ގޮތުގައި 3 ވަނައިގައި އޮތް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިން ސިލްވާ އަށް ލިބެނީ 11 ޕަސެންޓެވެ.

ޓްރަމްޕް ބުނީ މަމްދާނީ ހޮވައިފިނަމަ ޚުދު މަމްދާނީ އަށާއި މުޅި އެމެރިކާ އަށް ބޮޑު މުސީބާތެއް ކުރިމަތިވާނެ ކަމަށެވެ. އަދި މަމްދާނީ އިންތިޚާބު ކޮށްފި ނަމަ ފެޑެރަލް ފަންޑުން އެންމެ ފައިސާ ފޮއްޗެއް ވެސް ނިއުޔޯކަށް ދޫނުކުރާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ.

Advertisement

Advertisement 1

ޓްރަމްޕް އަކީ އެމެރިކާގެ މުސްލިމުންނާއި ދޭތެރޭ ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭ ރައީސެކެވެ. އޭނާ ވަނީ މީހެ ކުރިން ބައެއް ޤައުމުތަކުގެ މުސްލިމުން އެމެރިކާ އަށް އެތެރެވުން ވެސް މަނާކޮށްފައެވެ. އޭގެތެރޭގައި އެންމެ މަޝްހޫރު ކަމަކަކަށް އޭނާ ކުރި ކަމަކީ ވެރިކަމަށް އައި ފުރަތަމަ ފަހަރު އީރާން، ސީރިއާ، ޔަމަން، ލީބިޔާ، އަދި ސޯމާލިއާ ފަދަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމެވެ.

މީގެ އިތުރުން އެމެރިކާގެ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފައްދައި އިސްލާމްދީނާއި ޓެރަރިޒަމާއި ގުޅުވައިގެން ވެސް ޓްރަމްޕް ވަނީ ވަރަށް ހަޑިހުތުރު ވާހަކަތަކެއް ދައްކާފައެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން މާތްވެގެންވާ ޤުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ހަދައި އެމެރިކާ އެމްބަސީ ވެސް އެތަނަށް ބަދަލުކުރަން ނިންމީ ޓްރަމްޕެވެ.

ޣައްޒާގެ މުސްލިމުން ޤަތުލުކޮށް ދިރިތިއްބާ އަންދާލުން ފަދަ ޖަރީމާތައް އިސްރާއީލުން ހިންގި އިރު އެ ކަމަށް ވެސް ޓްރަމްޕު ވަނީ ތާޢީދު ކޮށްފައެވެ.

ޛަޚްރާން މަމްދާނީއެމެރިކާޑޮނަލްޑް ޓްރަމްޕު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

11 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57