އިނގިރޭސި ޝާހީ ގަނޑުވަރުން ޕްރިންސް އެންޑްރޫ ބޭރުކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 35 ދުވަސް ކުރިން - 31 އޮކްޓޯބަރު 2025 12:38
ކުއްލި ޚަބަރު: ޕްރިންސް އެންޑްރޫ ޝާހީ ގަނޑުވަރުން ބޭރުކޮށްލައިފި
ކުއްލި ޚަބަރު: ޕްރިންސް އެންޑްރޫ ޝާހީ ގަނޑުވަރުން ބޭރުކޮށްލައިފި
ޚުލާސާ

ޖެފްރީ އެޕްސްޓައިންއާ ގުޅުން ހުރި ޖިންސީ އަނިޔާގެ މައްސަލައިގައި ޕްރިންސް އެންޑްރޫގެ ޝާހީ ލަގަބާއި އިމްތިޔާޒުތައް ވެސް ކިންގް ޗާލްސް މިއަދު ރަސްމީކޮށް އުވާލައިފި.

ޕްރިންސް އެންޑްރޫ

އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރުން ޕްރިންސް އެންޑްރޫ ބޭރުކޮށްލައިފިއެވެ.

ބަކިންހަމް ޕެލަސް އިން ވަނީ ޕްރިންސް އެންޑްރޫގެ ލަގަބު "ޕްރިންސް އޮފް ދަ ޔުނައިޓެޑް ކިންގްޑަމް" އާއި ބާކީ ހުރި ހުރިހާ ޝާހީ ޝަރަފުތަކާއި އިމްތިޔާޒުތައް ވެސް ނަގާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ވާޖިނާ ޖޫފްރީ އެޕްސްޓައިންއާ ގުޅުން ހުރި ޖިންސީ އަނިޔާގެ މައްސަލައިގައި ޕްރިންސް އެންޑްރޫގެ ޝާހީ ލަގަބާއި އިމްތިޔާޒުތައް މިއަދު ނެގިއިރު، ޖިންސީ ގޯނާގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރެއެވެ.

އެންޑްރޫ އެ ތުހުމަތުތަކަށް އިންކާރު ކުރި ނަމަވެސް ދެން އޭނާ އުޅެން ޖެހޭނީ އަމިއްލަ އާންމު ރައްޔިތެއްގެ ގޮތުގައި ކަމަށް ވެސް ގަނޑުވަރުން ބުނެއެވެ.

ޕެލަސްގެ އޮފިޝަލަކާއި ޙަވާލާދީ ރިޕޯޓުތަކުގައި ވަނީ އޭނާ ފެން އުޅެން ޖެހޭނީ އަމިއްލަ އެކޮމޮޑޭޝަނެއްގައެވެ.

ރަސްގެފާނު ޗާލްސް މި ނިންމުން ނިންމެވިއިރު، ޖޫފްރީގެ މައްސަލައިގައި އެމެރިކާގައި މަދަނީ ދައުވާއެއް ކުރިއެވެ. ނަމަވެސް ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކޮށްފައި ވަނީ އިނގިރޭސިވިލާތުން އެ އަންހެންމީހާއަށް ފައިސާ ދީގެން ކަމަށް އެއްބަޔަކު ތުހުމަތު ކުރެއެވެ.

އެންޑްރޫގެ މައްޗަށް ތުހުމަތުކުރެވޭ މި ޖިންސީ ގޯނާގެ ޢަމަލު ހިންގާފައި ވަނީ 2001 ބައެވެ. އޭރު އެމެރިކާގެ ޖޫފްރީގެ އުމުރަކީ 17 އަހަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%