Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަރުތޭލާއި ކޯރާޑި ހިފައިގެން ނުކުމެ ޓަންޒޭނިއާގެ ރައީސް އިންތިޚާބުން މޮޅުވެއްޖެ

މަރުތޭލާއި ކޯރާޑި ހިފައިގެން ނުކުމެ ޓަންޒޭނިއާގެ ރައީސް އިންތިޚާބުން މޮޅުވެއްޖެ

ޢަބްދުﷲ ޖުނައިދު
266 ދުވަސް ކުރިން - 1 ނޮވެންބަރު 2025 23:11
ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ.
ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ.
ޚުލާސާ

އެންމެ ވަރުގަދަ އިދިކޮޅު ދެލީޑަރުންގެ ނަން ވޯޓުކަރުދާހުގައި ނުޖަހައި، ކޯރާޑިއާއި މަރުތޭލު ހިފައިގެން ނުކުމެ 97ޕަސެންޓް ހޯއްދަވައިގެން ޓަންޒޭނިއާގެ ރައީސް ސާމިއާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި.

މިއަދު އިޢުލާންކުރި ނަތީޖާ އާއި އެކު، ޓަންޒޭނިއާގެ ޢާންމު އިންތިޚާބު ބޮޑު ތަނުން ރައީސް ސާމިއާ ސުލޫހޫ ހަސަން ކާމިޔާބުކުރައްވައިފިއެވެ. ސާމިއާ އަކީ މުސްލިމެކެވެ. ކްރިސްޓިއަނުންގެ މައި ޕާޓީ ބަލިކުރައްވައި، އެކަމަނާ އިންތިޚާބު ކާމިޔާބު ކުރެއްވީ 97.66 ޕަސަންޓް ވޯޓުންނެވެ.

ބޮޑެތި ޚިޔާލުތަފާތުވުންތަކާއި އެކު އިދިކޮޅު އެންމެ ބޮޑު ދެކެންޑިޑޭޓުންނަށް ވެސް ވާދަނުކުރެވޭ ގޮތަށް ކުރިޔަށް ގެންދިޔަ މި އިންތިޚާބާއި ގުޅިގެން މުޅި ޓަންޒޭނިއާގައި ދަނީ މުޒާހަރާ ކުރަމުންނެވެ، ބޮޑެތި ސިޓީތަކުގައި މިހާރު ކާފިއު އިޢުލާންކޮށްފައި ވާއިރު، އިންޓަނެޓް ވެސް ލިބެނީ ދޭތެރެދޭތެރެއިން ކަމަށް އެ ޤައުމުގެ ރައްޔިތަކު ބުނެފައި ވެއެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ދަނީ އިންތިހާ އަށް ބާރުގެ ބޭނުން ކުރަމުން ކަމަށް ވެއެވެ.

2021 ވަނަ އަހަރުން ފެށިގެން ރައީސްކަން ކުރައްވާ ސާމިއާގެ މަރުތޭލާއި ކޯރާޑި ޖެހި ޕާޓީގެ ފުލް ކޮންޓްރޯލް އޮންނަ އިންތިޚާބީ ކޮމިޝަނުން އޮކްޓޯބަރު 29 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށެވެ.

Advertisement

Advertisement 1

މި އިންތިޚާބުގައި 17 ކެންޑިޑޭޓުންގެ ނަން ވޯޓުކަރުދާހުގައި އޮތަސް، ކޯޓުގައި ހިނގަމުންދާ މައްސަލަ ތަކާއި ގުޅިގެން އެންމެ ވަރުގަދަ އިދިކޮޅު ކްރިސްޓިއަން ދެލީޑަރުން ވަނީ އިންތިޚާބުން މަހުރޫމް ކޮށްލާފައެވެ.

އެފްރިކާގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގައި އިންތިޚާބާއި ގުޅިގެން ހަލަބޮލިކަން ކުރިމަތިވި ނަމަވެސް ރައީސް ސާމިއާ ވިދާޅުވަނީ ޤައުމު އަމާން ވަންދެން ކާފިއު ހިންގާނެ ކަމަށާއި، އިންތިޚާބަކީ އިންޞާފުވެރި އިންތިޚާބެއް ކަމަށެވެ.

ޓަންޒޭނިއާގެ އިންތިޚާބާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެއްޖެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް އދ. އިން ބުނީ 10 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

ޓަންޒޭނިއާގެ ކްރިސްޓިއަނުން ބުނާ ގޮތުގައި ޑިމޮކްރެޓިކް އުޞޫލުތަކާއި މުޅިން ޚިލާފަށް އިރުމަތީ އެފްރިކާގައި ބޭއްވި މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ޗާމާ ޗާ މާޕިންޑޫޒީ (ސީސީއެމް) ގެ އަންހެން ލީޑަރު ވަނީ މުލައްދަނޑީގެ ބާރުގެ ބޭނުން ކޮށްފައެވެ.

ޓަންޒޭނިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބު އިންސާފުވެރި ކަމަށާއި، ރަސްމީ ނަތީޖާ އަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުދުނިޔެޓަންޒޭނިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25

އީރާން ހަނގުރާމަ: އީރާނާއި އެމެރިކާއިން މައިންތައް ނަގަން އެއްބަސްވެއްޖެ

އީރާން ހަނގުރާމަ: އީރާނާއި އެމެރިކާއިން މައިންތައް ނަގަން އެއްބަސްވެއްޖެ

57 ދުވަސް ކުރިން - 20:34

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

61 ދުވަސް ކުރިން - 13:16

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

މެދުއިރުމަތީގައި މުސީބާތްތަކާއި ކުރިމަތިލި މަނަވަރު އެމެރިކާއަށް މިސްރާބުޖަހައިފި

70 ދުވަސް ކުރިން - 17:02

ފެން ވަޅެއްގެ މައްސަލައިގައި ޗާޑުން ސާޅީހަށް ވުރެ ގިނަ މީހުން މަރާލައިފި

ފެންވަޅެއްގެ މައްސަލައިގައި ޗާޑުން ސާޅީހަށްވުރެ ގިނަމީހުން މަރާލައިފި

89 ދުވަސް ކުރިން - 17:32