ބިންހެލުމުގައި 2200 މީހުންގެ މަރަށްފަހު އަނެއްކާވެސް އަފްޣާނަށް ބިންހެލުމެއް

ޢަބްދުﷲ ޖުނައިދު | 27 ދުވަސް ކުރިން - 3 ނޮވެންބަރު 2025 13:52
އަފްޣާނިސްތާނަށް އައި ބިންހެލުމާއި ގުޅިގެން ޒަޚަމްވި މީހަކަށް ފަރުވާ ދެނީ / ފޮޓޯ: އަލްޖަޒީރާ
އަފްޣާނިސްތާނަށް އައި ބިންހެލުމާއި ގުޅިގެން ޒަޚަމްވި މީހަކަށް ފަރުވާ ދެނީ / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

އަފްޣާނިސްތާނަށް މިއަދު އައި 6.3ގެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 20 މީހުން މަރުވިކަން ކަށަވަރުވާއިރު، އޮގަސްޓުގައި އައި 6.2ގެ ބިންހެލުމުގައި 2205 މީހުން މަރުވި.

އަފްޣާނިސްތާނުގެ އުތުރަށް މިއަދު 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 20 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

އެ ޤައުމުގެ މަސްދަތުތަކުން ބުނާ ގޮތުގައި މި ބިންހެލުން އައީ އެ ޤައުމުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 22 ކިލޯމީޓަރު ދުރުން 28 ކިލޯމީޓަރު އަޑިންނެވެ.

މިއަދުގެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ބަލްޚާއި ސަމަންގަން ޕްރޮވިންސް އަށް ކަމަށް އަފްޣާނުގެ މަސްދަރުތަކުން ބުނެއެވެ.

އަފްޣާނިސްތާނަކީ ބިންހެލުން ބޮޑު ސަރަޙައްދެއްގައި އޮތް ޤައުމެކެވެ.

މިދިޔަ އޮގަސްޓު މަހު ވެސް އެ ޤައުމަށް 6.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް 2205 މީހުންގެ ފުރާނަ ގެއްލުނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%