Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 15 އޯގަސްޓް 2026 23:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---
ޚުލާސާ

ކަނޑުގެ އަޑިއަށް އައި މި ބިންހެލުމުގައި އެތައް އިމާރާތެއް ވެއްޓި، 2،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ރައީސް ވަނީ މި ހިތާމައިގައި ރާއްޖެ އޮތީ އިންޑޮނޭޝިއާގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފަ.

އިންޑޮނޭޝިއާގެ ފްލޮރެސް އައިލެންޑް ކައިރިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ގިނަ ބަޔަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާތީ އެކަމުގެ ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އިންޑޮނޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ވަނީ ރައްދުކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، މި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ އިންޑޮނޭޝިއާގެ ރައްޔިތުންނާ އެކުގައިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ހަމްދަރުދީ ފޮނުއްވައި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އިމަޖެންސީ ޚިދުމަތްތަކުގެ މަސައްކަތްތައް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement 1

ޔޫއެސް ޖިއޮލޮޖިކަލް ސަވޭ (ޔޫ.އެސް.ޖީ.އެސް) އިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން ފަތިހު 3:58 (އިންޑޮނޭޝިއާ ގަޑިން ހެނދުނު 5:58) ގައެވެ. މި ބިންހެލުން އުފެދުނު މަރުކަޒަކީ އީސްޓް ނޫސާ ޓެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީއާ ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރުން، ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ. މި ބާރުގަދަ ބިންހެލުމަށްފަހު، އެ ދުވަހު އިތުރު ލޮޅުންތައްވެސް އަރާފައިވާއިރު، އޭގެ ތެރޭގައި 6.1 މެގްނިޓިއުޑްގެ ބާރުގަދަ ލޮޅުމެއްވެސް ހިމެނެއެވެ.

މި ހާދިސާގައި އެތައް އިމާރާތެއް ވެއްޓިފައިވާއިރު، 2،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު އުވާލާފައެވެ. މަގުތައް ބަންދުވުމުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުބިންހެލުން، ޒަލްޒަލާއިންޑޮނޭޝިއާތައުޒިޔާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމަށްފަހު 230 ލޮޅުން

3 ގަޑިއިރު ކުރިން - 10:03

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

އުތީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭނަން: ރައީސް

16 ގަޑިއިރު ކުރިން - 21:26

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 38 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

17 ގަޑިއިރު ކުރިން - 19:32

މަދު ބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް - ރައީސް

“މަދުބަޔަކު ގޯޅި އެޅިޔަސް، މުޅި ރާއްޖެ އެއިރުވެސް ނުކުތީ ޤައުމީ ފަޅިއަށް”

22 ގަޑިއިރު ކުރިން - 14:34

ލިބިފައިވާ ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

ހައްގުތަކާއި ލުއިތައް ބޭނުންކުރިޔަސް، މަސައްކަތުގެ ވަގުތު އަމާނާތްތެރިވޭ – ރައީސް

23 ގަޑިއިރު ކުރިން - 14:01

ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބާއި އޭރުގެ ރާއްޖޭގެ ހާލަތު އެނބުރިގެން ދިޔަ ގޮތް ހަނދާނަން ގެންނަންޖެހޭ: ރައީސް

"ނުވަވަނަ ހަސަން ރަސްގެފާނަށް ދިވެހީން ދިން ރައްދު ޖަވާބު ހަނދާނަށް ގެންނަންޖެހޭ"

23 ގަޑިއިރު ކުރިން - 13:47