އެމެރިކާއަށް ސުނާމީ އަރުވާލެވޭ ވަރުގެ ނިއުކްލިއާ ސަބްމެރީން ރަޝިޔާއިން ލޯންޗުކޮށްފިއެވެ.
މި ސަބްމެރިން ލޯންޗު ކުރުމުގެ ކުރިން ހުސްވި ހަފްތާގައި ރަޝިޔާއިން ވަނީ ކަނޑުގައި ބޮޑު ސުނާމީއެއް އުފެއްދުމުގެ ޤާބިލްކަން އެ ޤައުމަށް ލިބިފައިވާ ކަމަށް އިޢުލާން ވެސް ކޮށްފައެވެ. އަދި އެ ފަދަ ކަމެއް ކުރާނީ އެ ނޫން ގޮތެއް ނެތިއްޖެ ޙަލަތެއްގައި ކަމަށް އޭރު ބުނެފައި ވެއެވެ.
ރަޝިޔާއިން މި ސަބްމެރިން މިހާރު ކަނޑުގެ އަސްކަރީ ޙަރަކާތަށް ނެރެފައިވާއިރު، ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑެވް ސިފަކުރެއްވި ގޮތުގައި މިއީ ޤިޔާމަތުގެ ޢަލާމާތެކެވެ. މާނައަކީ ދުނިޔޭގައި ނިއުކްލިއާ ހަނގުރާމައެއް ކުރަން ޖެހިދާނެ ކަމަށާއި، ރަޝިޔާގެ ސަލާމަތްކަން ހޯދަން އެ ޤައުމުން އެމެރިކާ އާއި ދެކޮޅަށް މި ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ.
މި ސަބްމެރިން އިން އެމެރިކާގެ އައްސޭރިފަށުގެ ކައިރީގައި އޮވެގެން ރޭޑިއޯއެކްޓިވް ސުނާމީ އެއް އުފައްދައި އެމެރިކާގެ ބޮޑު ބަޔަކަށް ސުނާމީ އަރުވައި މީހުންނަށް ދިރިނޫޅެވޭ ގޮތް ހަދާލެވޭނެ ކަމަށް ވެއެވެ.
މިއީ ފިނި ހަނގުރާމައިގެ ފަހުން އެމެރިކާ އަށް ކުރިމަތިވި އެންމެ ހަމަނުޖެހުން ބޮޑު ނިއުކްލިއާ ނުރައްކަލުގެ ތެރެއިން އެއް ނުރައްކަލެވެ.






