Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުސްލިމުން ރޭޕްކުރުން ނަތަންޔާހޫ އަށް އޯކޭ! ގޯހީ އެކަން ފަޅާއަރުވައިލި މީހުން

މުސްލިމުން ރޭޕްކުރުން ނަތަންޔާހޫ އަށް އޯކޭ! ގޯހީ އެކަން ފަޅާއަރުވައިލި މީހުން

ޢަބްދުﷲ ޖުނައިދު
299 ދުވަސް ކުރިން - 3 ނޮވެންބަރު 2025 11:51
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ: އިސްރާއީލު ސިފައިން ފަލަސްޠީނު މީހަކު ރޭޕް ކޮށްލި ވީޑިއޯ ލީކުކުރި މީހުން ހޯދަން އޭނާ ވަނީ އަންގާފަ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ: އިސްރާއީލު ސިފައިން ފަލަސްޠީނު މީހަކު ރޭޕް ކޮށްލި ވީޑިއޯ ލީކުކުރި މީހުން ހޯދަން އޭނާ ވަނީ އަންގާފަ.
ޚުލާސާ

އިސްރާއީލުގެ ޖަލެއްގައި ފަލަސްޠީނު ފިރިހެނަކު ބަނދެ އޭނާ ބަރަހަނާ ކުރުމަށް ފަހު ތަޅައި އަނިޔާކުރުން ނަތަންޔާހޫއަށް މައްސަލައަކަށް ނުވި. އޭނާ އަށް ގޯހީ އެ ވީޑިއޯ ލީކުކޮށްލުމުން.

އިސްރާއީލުގެ ބެލުމުގެ ދަށުގައި ހުރި ފަލަސްޠީނުގެ މީހަކު ރޭޕް ކޮށްލި ވީޑިއޯ ޢާންމުކުރި މީހުން ދެކެ ބޮޑުވަޒީރު ނަތަންޔާހޫ ރުޅިއައިސްފިއެވެ.

އިސްރާއީލު ސިފައިން ފަލަސްޠީނުގެ އަންހެނުން ގެންގޮސް ގަދަކަމުން ޖިންސީގުޅުން ހިންގުމަކީ އެންމެން ވެސް ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް ނަތަންޔާހޫ ރުޅި އައީ އިސްރާއީލު ސިފައިން ފަލަސްޠީނުގެ އަންހެނުންނާއި ފިރިހެނުން ރޭޕް ކުރުމަކުންނެއް ނޫނެވެ. ނަތަންޔާހޫ ރުޅި އައީ ވީޑިއޯ ޢާންމުކުރި މީހުން ދެކެއެވެ.

އެތެރޭގެ ޕްރެޝަރާއި ހެދި ޖިންސީ ގޯނާކުރި ބައެއް މީހުންގެ ތަޙްޤީޤެއް ކުރިޔަސް، އެ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި، ޔަހޫދީ ސަރުކާރުން މިހާރު ގެންދަނީ އެ ވޯޑިއޯ ލީކުކުރި މީހުން ހޯދައި އެ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް ޚަބަރު ލިބެއެވެ.

Advertisement

Advertisement 1

ރިޕޯޓްތައް ބުނާ ގޮތުން، ޒައެނިސްޓް ސަރުކާރުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ވީޑިއޯ ލީކު ކޮށްލުމުގެ ސަބަބުން އިސްރާއީލުގެ ދައުލަތާއި އިސްރާއީލުގެ ދިފާޢީ ބާރުތަކުގެ އަގު އިސްރާއީލުގެ ރައްޓެހިންގެ ކުރިމަތީގައި ގެއްލެމުންދާ ކަމަށާއި، އެ ފޫޓޭޖް ލީކުކުރީ ކޮންބައެއްތޯ ހޯދައިދިނުމަށެވެ.

މި ވީޑިއޯ ފުރަތަމަ ދެއްކީ އޮގަސްޓް މަހުއެވެ. އިސްރާއީލުގެ ޖަލެއް ކަމަށްވާ ސްޑެ ޓެއިމަން ގައި ފަލަސްޠީނު ފިރިހެނަކު ބަނދެ އޭނާގެ ގައިގައި ތަޅައި އަނިޔާކުރީ ބަރަހަނާ ވެސް ކޮށްފައެވެ.

އިސްރާއީލުގެ ސިފައިން ވަނީ ގިނަ ޢަދަދެއްގެ ފަލަސްޠީނު އަންހެނުން ވެސް ރޭޕް ކޮށްލުމަށް ފަހު ޝަހީދުކޮށްލާފައިކަން ފާހަގަ ކުރެވެއެވެ.

މި ވީޑިއޯ ލީކުވި މައްސަލައިގައި ޔަހޫދީ ސަރުކާރުގެ އިސް ޤާނޫނީ ވަކީލަކު ވަނީ އިސްތިއުފާ ވެސް ދެއްވާފައިކަން ވެސް ފާހަގަ ކުރެވެއެވެ.

އިސްރާއީލްފަލަސްތީންކުށްކުރުންރޭޕްނަތަންޔާހޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

1 ދުވަސް ކުރިން - 22:41

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

5 ދުވަސް ކުރިން - 07:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

8 ދުވަސް ކުރިން - 12:03

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

10 ދުވަސް ކުރިން - 19:36