ބްރެޒިލްގެ ސަލާމަތީ ބާރުތަކުން ވެރިރަށް ރިއޯ ޑި ޖެނީރޯގެ ޖަންގަލީ ސަރަޙައްދުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 132 އަށް ވުރެ ގިނަ މީހުން މަރާލައިފިއެވެ.
ގާތްގަނޑަކަށް 2،500 ފުލުހުންނާއި އަސްކަރިއްޔާ އިން ހިންގި މި އޮޕަރޭޝަންގައި ހަނގުރާމަތީ ވެހިކަލްތަކާއި ހެލިކޮޕްޓަރުތަކާއި ޑްރޯންތައް ބޭނުންކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.
މަސްތުވާތަކެއްޗާއި ގުޅުން ހުރި ގޭންގަކާއި ދެކޮޅަށް ބްރެޒިލްގެ ސަލާމަތީ ބާރުތަކުން ހިންގި މި އޮޕަރޭޝަނުގައި ދެފަރާތުން ބަޑި ޖެހުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ހަތަރު ފުލުހަކު ވެސް ހިމެނެއެވެ.
މިހާ ގިނަ ބަޔަކު މަރައިލި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ މިއީ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ އަމުރަށް ހިންގި ޖަރީމާއެއް ކަމަށެވެ. ރައީސް ޑަ ސިލްވާ ވަނީ މި ހާދިސާ ތަޙްޤީޤުކޮށް ފުރިހަމަ ރިވިއުއެއް ހެދުމަށް އަންގަވާފައެވެ. އަދި އދ. އިން ވެސް ވަނީ މި އޮޕަރޭޝަންގެ ތަޙްޤީޤެއް ވީހާ ވެސް އަވަހަށް ހިންގުމަށް ގޮވާލާފައެވެ.






