ތުރްކިޔޭ އަށް ބިންހެލުމެއް، 22 މީހުން ޒަޚަމް!

ޢަބްދުﷲ ޖުނައިދު | 33 ދުވަސް ކުރިން - 28 އޮކްޓޯބަރު 2025 12:42
ތުރްކިޔޭ އަށް 2023 ވަނަ އަހަރު އައި ބިންހެލުމުގެތެރެއިން… (ފައިލް ފޮޓޯ)
ތުރްކިޔޭ އަށް 2023 ވަނަ އަހަރު އައި ބިންހެލުމުގެތެރެއިން… (ފައިލް ފޮޓޯ)
ޚުލާސާ

ތުރުކީއަށް ރޭ އައީ 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް. 22 މީހަކަށް އަނިޔާވިއިރު 3 ޢިމާރާތެއް ވެއްޓުނު.

ރޭ ދަންވަރު ތުރްކިޔޭގެ ހުޅަނގު ސަރަޙައްދަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ބައެއް ޢިމާރާތްތައް ވެއްޓި 22 މީހަކަށް އަނިޔާ ވެއްޖެއެވެ. ގާތްގަނޑަކަށް ހަކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ އަސަރު އިސްތަންބޫލް، ބުރްސާ، މަނިސާ އަދި އިޒްމީރު ފަދަ ސިޓި ތަކަށް އިހުސާސް ކުރެވުނެވެ.

އެ ޤައުމުގެ ކަމާބެހޭ ފަރާތުން ބުނާ ގޮތުގައި ރޭ ވެއްޓިފައި ވަނީ މީގެ ކުރިން އައި ބިންހެލުންތަކުގެ ސަބަބުން ބަލިކަށިވެފައިވާ އިމާރާތްތައް ކަމަށާއި މަދުވެގެން ތިން އިމާރާތެއް ވެއްޓިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ ބުރީގެ ފިހާރައެއްވެސް ހިމެނެއެވެ.

ތުރުކީ ވިލާތަށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުގައި އެޤައުމުން 50،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%