އިސްރާއީލުގައި ނުރައްކާތެރި ވައިރަހެއް ފެތުރި ބިރުވެރިކަމެއްގެތެރޭގައި

ޢަބްދުﷲ ޖުނައިދު | 39 ދުވަސް ކުރިން - 27 އޮކްޓޯބަރު 2025 16:16
އިސްރާއީލު ހޮސްޕިޓަލެއްގެ ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވެގެން: އެ ޤައުމުގައި ވަރަށް ބާރަށް މީސްލްސް ފެތުރެމުންދާކަމަށް ޚަބަރު ލިބޭ.
އިސްރާއީލު ހޮސްޕިޓަލެއްގެ ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވެގެން: އެ ޤައުމުގައި ވަރަށް ބާރަށް މީސްލްސް ފެތުރެމުންދާކަމަށް ޚަބަރު ލިބޭ.
ޚުލާސާ

އިސްރާއީލުގައި ނުރައްކާތެރި ވައިރަހެއް ފެތުރި މިހާތަނަށް 8 ކުދިން މަރުވެ 5000 އެއްހާ ކުދިން ޕޮޒިޓިވްވެ، ނުވަ ސަރަޙައްދެއް ވަނީ އެލާޓަށް އައިސްފަ.

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެ ޣައްޒާގައި ޤަތުލުޢާންމު ހިންގި އިސްރާއީލުގައި ނުރައްކާތެރި ވައިރަހެއް ފެތުރި، އެ ޤައުމު ބިރުވެރިކަމެއްގެތެރެއަށް ވެއްޓިއްޖެ ކަމަށް ހިބްރޫ މީޑިއާއިން ބުނެފިއެވެ.

މިހާތަނަށް 8 މީހުން މަރުވެ 1700 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު މި ބަލި ކޮންޓްރޯލް ކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ވެސް ދިހަވަރަކަށް މީހުންގެ ޙާލު ސީރިއަސް ކަމަށް މީޑިއާތަކުން ބުނާއިރު މީސްލްސް ވައިރަސް ވަނީ ޤުދުސްގެ ބައެއް ހިސާބުތަކާއި މެދުތެރޭގެ ޑިސްޓްރިކްޓްތައް ހިމެނޭ ގޮތަށް ނުވަ ސަރަޙައްދަކަށް ފޯރާފައި ކަމަށް ބުނެ، ރައްޔިތުން ސަމާލުވުމަށް އިސްރާއީލުގެ ހެލްތު މިނިސްޓްރީން ދަނީ އިންޒާރުތައް ދެމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވައިރަހާއި ކުރިމަލިލާފައިވާ މީހުންގެ އަސްލު ޢަދަދު 5،000 އަށް ވުރެ ގިނައެވެ. އެ ޤައުމުގެ ޞިއްޙީ ބޭފުޅުން ބުނާ ގޮތުގައި މިހާތަނަށް 470 ކުދިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށާއި އޭގެ ތެރެއިން %93 ކުދިންނަކީ ހަ އަހަރުން ދަށުގެ ކުދިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މިޝާ

38 ދުވަސް ކުރިން - 02:09

ާައަލްހަމްދު ލިﷲ ތިދައްކަވަނީ މިދުނިޔޭގެ އަޒާބު