އޭޝިއާ އާއި ޔޫރަޕްގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމުގެ މަޤްޞަދުގައި ޗައިނާ އާއި މޮންގޯލިއާ މެދުވެރިކޮށް 2،200 ކިލޯމީޓަރަށް ވުރެ ދިގު ކްރޮސް ކޮންޓިނެންޓަލް ރޭލްވޭއެއް ހެދުމަށް ވިއެޓްނާމް އާއި ރަޝިޔާއިން އެއްބަސްވެއްޖެއެވެ.
ކުއަލަލަމްޕޫރުގައި ކުރިޔަށްދާ 47 ވަނަ އާސިއާން ސަމިޓުގެ ތެރެއިން ވިއެޓްނާމްގެ ބޮޑުވަޒީރު ފޮމް މިން ޗިންއާ އެކު މަޝްވަރާ ކުރައްވަމުން ރަޝިޔާގެ ނައިބު ބޮޑުވަޒީރު އެލެކްސީ އޮވަރޗުކް ވިދާޅުވީ މި ޕްލޭންގެ މަޤްޞަދަކީ ސަރަހަޙަދީ ވިޔަފާރި ކުރިއެރުވުމާއި ރަޝިޔާ އާއި ދެކުނު ޗައިނާއިން އެކްސްޕޯޓް ކުރުމަށް ލޮޖިސްޓިކް ދޮރާއްޓެއްގެ ގޮތުގައި ވިއެޓްނާމް އަލުން ބައްޓަން ކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ރަޝިޔާގެ ފެސްކޯ ޓްރާންސްޕޯޓޭޝަން ގްރޫޕުން ރާވާފައި ވަނީ ވިއެޓްނާމުން ސީދާ ކާގޯ ރޭލުތަކުގެ ދަތުރުތައް މަހަކު ހަފަހަރު ބޭއްވުމަށެވެ. އެއީ އިމްޕޯޓަށް ދެ ދަތުރާއި ރަޝިޔާގެ މުދާތައް އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދިނުމަށް ހަތަރު ދަތުރެވެ.






