Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ފާތިމަތު އަނަން މުހައްމަދު
2 ގަޑިއިރު ކުރިން - 8 ސެޕްޓެންބަރު 2026 13:24
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު | ފޮޓޯ: ބީބީސީ
ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތު | ފޮޓޯ: ބީބީސީ
ޚުލާސާ

މި އަހަރުގެ ފަހުކޮޅު އާންމު ދަތުރުފަތުރަށް ބުރިޖު ރަސްމީކޮށް ހުޅުވާލުމަށް ވަނީ ރޭވިފަ. މި ބްރިޖުގެ ސަބަބުން ނޯތު ކޮރެއާގެ އަސްކަރީ މުވައްޒަފުންނާއި ހަތިޔާރު ރަޝިޔާއަށް އެތެރެކުރުން އިތުރަށް ފަސޭހަވެގެންދާނެ.

ރަޝިޔާއާއި ނޯތު ކޮރެއާގެ ދެމެދުގައި ތޫމަން ކޯރު ހުރަސްކޮށް ބިނާކުރި ފުރަތަމަ ބުރިޖު ރަސްމީކޮށް ހުޅުވައި، ދެގައުމުގެ ދެމެދުގައި މުދަލާއި އާންމުން ދަތުރުފަތުރުކުރުމުގެ އާ މަގެއް ގާއިމުކޮށްފިއެވެ.

މި ބުރިޖަކީ ދުވާލެއްގެ މައްޗަށް 300 އުޅަނދާއި 2,323 އާންމުންނަށް ހިދުމަތްދެވޭނެ ޖާގަ އެކުލެވޭ ބުރިޖެކެވެ. ފުރަތަމަ މަރުހަލާގައި މައިގަނޑު ގޮތެއްގައި މުދާ އުފުލުމަށް ބުރިޖުގެ ބޭނުންކުރި ނަމަވެސް، މި އަހަރުގެ ފަހުކޮޅު އާންމު ދަތުރުފަތުރަށް ބުރިޖު ރަސްމީކޮށް ހުޅުވާލުމަށް ވަނީ ރޭވިފައެވެ.

ރަޝިޔާގެ ބޮޑުވަޒީރު މިކާއީލް މިޝުސްޓިން މި ބުރިޖު ސިފަކުރެއްވީ ދެ ގައުމުގެ ދެމެދުގައިވާ "އެކުވެރިކަމުގެ އާ ރަމްޒެއް" ގެ ގޮތުގައެވެ. އަދި ނޯތު ކޮރެއާއިން ވަނީ މި ބުރިޖު ހުޅުވުމަކީ ދެ ގައުމުގެ ތާރީހުގައިވެސް "ހާއްސަ ތާރީހީ ކަމެއް" ކަމަށް ބުނެފައެވެ.

Advertisement

Advertisement 1

މި މަޝްރޫއު ނިންމާލާފައިވަނީ ޔޫކްރޭން ހަނގުރާމައާ ގުޅިގެން މޮސްކޯއާއި ޕްޔޮންގްޔަންގްގެ ދެމެދުގައި އަސްކަރީ އަދި އިގްތިސާދީ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައެވެ. ނޯތު ކޮރެއާއިން ވަނީ ރަޝިޔާއަށް ހަތިޔާރާއި އުންޑަ ފޯރުކޮށްދިނުމުގެ އިތުރުން، ރަޝިޔާ ސިފައިންނަށް އެހީތެރިވުމަށް ފައުޖުތައްވެސް ފޮނުވާފައެވެ.

ޔޫކްރޭނުގެ އޯޕަން ސޯސް އިންޓެލިޖެންސް ގުރޫޕް "ޓްރޫތު ހައުންޑްސް" އިން ފާހަގަކުރި ގޮތުގައި، މި އާ ބުރިޖަކީ އަސްކަރީ ލޮޖިސްޓިކްސްގެ ބޭނުމަށް ބޭނުންކުރެވޭނެ މަގެކެވެ. އަދި މީގެ ސަބަބުން ނޯތު ކޮރެއާގެ އަސްކަރީ މުވައްޒަފުންނާއި ހަތިޔާރު ރަޝިޔާއަށް އެތެރެކުރުން އިތުރަށް ފަސޭހަވެގެންދާނެއެވެ.

މި ބުރިޖުގެ އަމަލީ މަސައްކަތް 2025 ވަނަ އަހަރު ފެށީ، 2024 ވަނަ އަހަރު ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ނޯތު ކޮރެއާއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ނޯތު ކޮރެއާރަޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

7 ދުވަސް ކުރިން - 14:07

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

7 ދުވަސް ކުރިން - 16:37

ސަރުކާރުގެ ވަފުދު ރަޝިޔާއަށް ކުރި ދަތުރު ވަރަށް ކާމިޔާބު! މިއީ ކުރީ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވިކަމެއް: ޝާޒް

ރަޝިޔާ މާކެޓް - ކުރީ ސަރުކާރުތަކުން ފަހަތުފަޔަށް ބުރަވިީ: ޝާޒް

19 ދުވަސް ކުރިން - 20:40

ދަތިކުރުމުގެ ފިޔަވަޅުތައް ބޭކާރު؟ ރަޝިޔާއިން އުފެއްދި ޖެޓު  4,000 ކިލޯމީޓަރަށް އުދުހިލައިފި

ދަތިކުރުމުގެ ފިޔަވަޅުތައް ބޭކާރު؟ ރަޝިޔާއިން އުފެއްދި ޖެޓު 4,000 ކިލޯމީޓަރަށް އުދުހިލައިފި

22 ދުވަސް ކުރިން - 12:22

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

65 ދުވަސް ކުރިން - 23:10

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގެ ކުރީގައި

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

84 ދުވަސް ކުރިން - 15:10