އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ ބޮޑުތަނުން ބަލިކޮށް ނިއުޔޯކުގެ މޭޔަރުކަމަށް ހޮވޭނެ ކަމަށް ޚުދު ޓްރަމްޕްވެސް ޤަބޫލުކުރައްވާ ޑިމޮކްރެޓިކް ސޯޝަލިސްޓް ޕާޓީގެ ޒޮހްރާން މަމްދާނީގެ ފަހަތުގައި ތިބީ ބިލިއަނަރުން ކަމަށް ފޮކްސް ނިއުސް އިން ބުނެފި އެވެ.
މިއީ އެމެރިކާގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ނިއުޔޯކުގެ މޭޔަރުކަމަށް މުސްލިމަކު އަންނާނެ ކަމަށް ބެލެވޭ ފަހަރެވެ.
ފޮކްސް ނިއުސް އިން ކުރި ތަހުގީގަކަށްފަހު ބުނީ އުމުރުން 34 އަހަރުގެ މަމްދާނީ އެންޑޯޒް ކޮށްގެން އުޅެނީ ބިލިއަނަރުންނާއި އިމާމުން ހިމެނޭ ދިހަ އަހަރު ދުވަހުގެ ނެޓްވޯކެއްގެ ތެރެއިން ކަމަށާއި އޭގެތެރޭގައި އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާ 30 ޖަމާޢަތަކާއި އެހެނިހެން 110 ގްރޫޕް ވެސް ހިމެނޭ ކަމަށެވެ.
އެމެރިކާ އަށް ހިޖުރަލޮށްގެން އުޅޭ މަމްދާނީ އަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމަށް ޓްރަމްޕުގެ ޕާޓީން ވަނީ ގޮވާލާފައެވެ. އަދި އޭނާގެ ރައްޔިތުކަމާއި މެދު ސުވާލު އުފައްދައި ތަޙްޤީޤެއް ހިންގުމަށް ގޮވާލާފައި ވެސް ވެއެވެ.
މަމްދާނީ އާއި ދެކޮޅަށް އެންޓި-ކެމްޕޭނު ކުރާ މީހުން ބުނަނީ މަމްދާނީ މަސައްކަތް ކުރަނީ އެމެރިކާގައި އިސްލާމީ ފުތޫހާތެއް ގެނައުމަށް ގޮވާލާ، އަދި އަލްގައިދާ އާއި ގުޅުން ހުރި ފަރާތްތައް ދިފާޢުކުރާ އިމާމުންނާއެކު ކަމަށާއި، އޭގެތެރެއިން ބައެއް އިމާމުންނަކީ "ނިއުޔޯކް ސިޓީގައި 10،000 މީހުންގެ ލަޝްކަރެއް" އުފެއްދުމަށް ގޮވާލި ކަމަށް ސާބިތުވި އިމާމުން ކަމަށެވެ.






