ވިޔަފާރީގެ ހަނގުރާމައިގައި އޮތް ޗައިނާއާއި އެމެރިކާގެ ރައީސުން ބައްދަލުކުރައްވައިފި

ޢަބްދުﷲ ޖުނައިދު | 36 ދުވަސް ކުރިން - 30 އޮކްޓޯބަރު 2025 11:07
ކުއްލި ޚަބަރު: ވިޔަފާރީގެ ހަނގުރާމައިގައި އޮތް ޗައިނާއާއި އެމެރިކާގެ ރައީސުން ބައްދަލުކުރައްވައިފި
ކުއްލި ޚަބަރު: ވިޔަފާރީގެ ހަނގުރާމައިގައި އޮތް ޗައިނާއާއި އެމެރިކާގެ ރައީސުން ބައްދަލުކުރައްވައިފި
ޚުލާސާ

ދެކުނު ކޮރެއާގައި ޝީ އާއި ޓްރަމްޕް ބައްދަލުކުރެއްވިއިރު ޗައިނާގެ މުދަލުމް ނަގާ ޓެރިފް ކުޑަކުރަން ޓްރަމްޕް ވަނީ ނިންމާފަ.

2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބައްދަލުކުރައްވައިފިއެވެ. ކޯޅުން ބޮޑު މި ދެޤައުމުގެ އެންމެ އިސް ވެރިން ބައްދަލުކުރެއްވީ ދެކުނު ކޮރެއާގައެވެ.

ދެ ސުޕަރޕަވަރުންގެ ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ދެޤައުމުގެ ދެމެދުގައި ހުއްޓިފައިވާ ވިޔަފާރިތައް އަލުން ފެށޭނެ ކަމަށާއި ޗައިނާއިން އެމެރިކާގެ ސޯޔާ ބީންސްގެ ބޮޑު ސްޓޮކެއް ގެންދާނެ ކަމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މިއީ އެއީ އަހަރުތަކެއް ވަންދެން ވިޔަފާރީގެ ފިތުނަތަކަށް ފަހު ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ ޗައިނާގެ މުދަލުން ނަގާ ޓެރިފް 57 ޕަސެންޓުން 47 ޕަސެންޓަށް ކުޑަކުރާނެ ކަމަށެވެ.

ޗައިނާ އާއި އެމެރިކާ އާއި ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ލީޑަރުން ވެސް އެއްބަސްވެފައިވާއިރު، އަންނަ އޭޕްރީލް މަހު ޓްރަމްޕް ޗައިނާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ ވެރިން ބައްދަލުކުރި ނަމަވެސް ނަމަވެސް ޑިފެންސް އަދި އޭއައި ޓެކްނޮލޮޖީތަކަށް ބޭނުންވާ މުހިންމު މަޢުދަންތައް އެމެރިކާ އަށް ވިއްކުމުގައި ޗައިނާ އޮތީ ލިމިޓް ކޮށްފައެވެ. އެވފަދަ މަޢުދަންތަކަކީ އެމެރިކާގެ ބަލިފައެކެވެ. ދުނިޔޭގެ މައިނިންގެ ގާތްގަނޑަކަށް 70 ޕަސެންޓާއި 90 ޕަސެންޓް ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%