މެމްބަރުންނަށް މުއިއްޒު މަހަކު ބައިލައްކަ ރުފިޔާގެ ނަގުދު ފައިސާ ދޭކަމަށް ބުނެ ފިތުނައިގެ ކެމްޕޭނެއް ޔާމީނު ފަށައިފި އެވެ. ޔާމީނު މި މަސައްކަތް ފެށީ އެމަނިކުފާނާއި ގުޅިފައިވާ ބޭރުގެ ފަރާތްތަކަށް ސަރުކާރުން ޔާމީނު ބުނާ އަގެއްގައި ޕްރޮޖެކްޓްތައް ނުދީގެންނާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށެވެ.
825 ދުވަސް ކުރިން - 11:14
ޓުއަރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލީ އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނެވެ. އެމީހުން އެކަންކުރީ ޕާޓީ ޖަހައިގަތުމަށެވެ. މިނިސްޓަރ މިހެން ވިދާޅުވިއިރު، "މޭ6" ކޮމެޓީގެ މުގައްރިރު ވަނީ ނަޝީދަށް ދިން ޙަމަލާއަކީ 3 މިލިއަން ރުފިޔާގެ ޓާސްކެކެވެ.
825 ދުވަސް ކުރިން - 08:02
އިމާރާތް ކުރުމާއި ބިނާރާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޮއާމް އިބްރާހީމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމަލާލެ ބްރިޖުގެ %40.47 މަސައްކަތް ނިމިފައިވާ ކަމަށެވެ. މިއީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް މިދިޔަ ސަރުކާރުން އަޅަން ފެށި ބްރިޖެކެވެ.
825 ދުވަސް ކުރިން - 07:40
މިރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ 75 ގޮޑި ސަރުކާރަށް ރައްޔިތުން ދިނުމަކީ ރައީސް ޑރ. މުޢިއްޒުއަށް ދިވެހީންގެ ފުރިހަމަ ތާއީދުއޮތް ކަމުގެ ހެކި ކަމަށާއި ސަރުކާރެއް އޮވެވެސް އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް މި އަދަދު ހޯދިފައި ނުވާކަމަށެވެ.
825 ދުވަސް ކުރިން - 07:35
މިނިސްޓާރ ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވާ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަކީ ރައީސް ޑރ.މުޢިއްޒްގެ އައްޑޫ ރައްޔިތުންނަ ވެ ވަޑައިގެންނެވި ވައުދެއް ކަމަށާއި އެކަން އެމަނިކުފާނު މިއަހަރު ޑިސެމްބަރު މަހު އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރިން ހާސިލްކުރުމަށް ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.
825 ދުވަސް ކުރިން - 05:17
ރައީސް ޑރ.މުޢިއްޒު ދެކެ ކުރީގެ ރައީސް ޔާމީނު ކޯފާވެގެން އުޅޭ އަސްލު ސަބަބަކީ ނާޗަރަންގީއާއި ތާސްކުޅުމަށް ވަގުތު ނުދެއްވާތީ ކަމަށް ބާރަށު ދާއިރާގެ މެމްބަރު ވިދާޅުވެއްޖެއެވެ. ނަމަވެސް ރައީސް މުއިއްޒު މީގެ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ހާމަނުކުރައްވަނީ ރައީސް ޔާމީނަށް ޤަދަރު ކުރައްވާތީއެވެ.
825 ދުވަސް ކުރިން - 02:52
ޕީސީބީން މިއަދު ގިޔާސް އައްޔަންކުރީ މި މަޤާމުގައި ކުރިން ހުރި އައިޝާ ނޫރައިން އަލީ ޖަނާހު މިދިޔަ މެއި މަހު އެ މަޤާމުން އިސްތިއުފާ ދިނުމުންނެވެ.
825 ދުވަސް ކުރިން - 21:53
ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ވާތީ އެކަން އުވާލެވެން ނެތްކަމަށް ސަރުކާރުން ބުނޭ. އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ދިވެހި ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ ހޯމް މިނިސްޓަރ އަލީ އިހުސާނެވެ.
826 ދުވަސް ކުރިން - 21:12
"ލޭ އެޕް" ގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ލޭ މެދުކެނޑުމެއް ނެތި ލިބޭނެ މަގުފަހިވެގެންދާނެ. މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ ހެލްތް މިނިސްޓަރ ޑރ.ޢަބްދުﷲ ޚަލީލެވެ.
826 ދުވަސް ކުރިން - 20:33
ރަސްމާލެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ކަމަށް ބުނެ ކުންފުންޏެއްގެ އެކައުންޓުން 1.9 މިލިއަން ރުފިޔާ ފޭރިގަތީ 10 މިނެޓް ތެރޭގަ އެވެ. ފުލުހުންނަށް މީގެތެރެއިން ބައެއް ފައިސާ ހޯދުނުއިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
826 ދުވަސް ކުރިން - 20:05
އާ ވޯޓަރ ރަންވޭ އަކާއެކު ރޭގަނޑުގެ އޮޕަރޭޝަންތަކަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށް ރާވާފައިވާކަން އެމްއޭސީއެލްއިން އިއުލާންކޮށް، އެއާ ޓްރެފިކްގެ ދަތުރުތައް ގަޑިއަކު 84 އަށް އިތުރު ކުރުމުގެ އަމާޒު ހިފައިފިއެވެ.
826 ދުވަސް ކުރިން - 18:14
އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ޤައުމަށް އަގުހުރި ދަރިއެއްކަމަށާއި، ދިވެހީންގެ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއްކަމަށެވެ.
826 ދުވަސް ކުރިން - 18:09