ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 50 މީހަކު ހިމެނޭ ގޮތަށް ވައްކަން ކުރުމުގެ ތަޖުރިބާކާރު ސްކޭމްގައި ކުންފުނީގެ އެކައުންޓަކުން 1.9 މިލިއަން ރުފިޔާ ޚިޔާނާތުގެ ތަފްސީލުތައް ހާމަކުރަމުން ބުނީ ސްކޭމް ފެށުނީ ރަސްމަލޭ މަޝްރޫއަށް ބޭނުންވާ ތަކެތި ސަޕްލައި ކުރާ ކަމަށް ބުނެ ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކާ ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ގުޅައިގެން ކަމަށެވެ. އިންސްޕެކްޓަރު އޮފް ޕޮލިސް އާދަމް ނަވީދު އިތުރަށް ވިދާޅުވީ މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖޫން މަހު ކަމަށާއި، ބޭންކް ރެކޯޑްތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ފައިސާ ނެގުން ފެށުމުގެ ކުރިން އެ ކުންފުނީގެ އެކައުންޓުގައި 2.6 މިލިއަން ރުފިޔާ ހުރި ކަމަށެވެ.
މި ސްކޭމް ހާމަވީ ކުންފުނީގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަން ހިއްސާދާރުންނަށް ފާހަގަ ކުރެވުމުންނެވެ. އެންމެ ދެގަޑިއިރާއި 49 މިނެޓުގެ ތެރޭގައި އެކުންފުނީގެ ފައިސާގެ 79 ޕަސެންޓް ވަނީ ވަގަށް ނަގާފައެވެ. ނަވީދު ވިދާޅުވި ގޮތުގައި އެކުންފުނީގެ އެކައުންޓަށް ކޮމްޕްރޮމައިޒް ވެފައި ވަނީ އިންޓަނެޓް ބޭންކިން އަށް ވަނުމަށް ބޭނުންކުރި ދެވަނަ ހިއްސާދާރުގެ އީމެއިލް މެދުވެރިކޮށެވެ.
އެ ފައިސާ ނެގުމަށް ޖުމްލަ 56 މުއާމަލާތެއް ކޮށްފައިވާއިރު، އެ ފައިސާ ވަނީ އޭގެ ފަހުން ތަފާތު 50 އެކައުންޓަކަށް ޖަމާކޮށްފަ އެވެ. މި އެކައުންޓްތަކުގެ ތެރެއިން އޭޓީއެމް މެދުވެރިކޮށް 36 އެކައުންޓެއް މެދުވެރިވެ ފައިސާ ނެގިއިރު، ބާކީ 14 އެޖައުންޓުން ފައިސާ ވަނީ އެހެން އެކައުންޓްތަކަށް ބަދަލުކޮށްފައެވެ. މި ސްކީމޭމްގައި އެހެން ބޭންކުތައް މެދުވެރިކޮށް 14 މުއާމަލާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެވްރެޖްކޮށް އޭޓީއެމްއިން ފައިސާ ޓްރާންސްފާކޮށް ނެގުމަށް 10 މިނެޓް ހޭދަވިއިރު، މިހާތަނަށް ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ ވަނީ ހޯދާފައި ކަމަށް ފުލުހުން ބުނެއެވެ. ނަވީދު ވިދާޅުވި ގޮތުގައި ބައި ލައްކަ ރުފިޔާ އަތުލައިގަނެފައިވާއިރު، ތަހުގީގުގެ ފުރަތަމަ 72 ގަޑިއިރުގެ ތެރޭގައި 72 ގަޑިއިރު ތެރެއިން 475،050 ރިކަވާކުރެވިފައިވާއިރު ޖުމްލަ 548،865 ރުފިޔާ ވަނީ ރިކަވާ ކުރެވިފައެވެ.
މި މައްސަލައާ ގުޅިގެން 60 މީހެއްގެ މައްސަލަ ތަހުގީގުކޮށް، 56 އެކައުންޓެއް ފްރީޒްކޮށް، 133 އެކައުންޓެއްގެ ސްޓޭޓްމަންޓްތައް މިހާރު ތަހުލީލު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



