ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭނުން ރޭގަނޑުވެސް ޚިދުމަތް ދެވޭގޮތަށް އާ ވޯޓަރ ރަންވޭއެއް ހަދައި އޮޕަރޭޝަންތައް ފުޅާކުރަން ނިންމައިފިއެވެ.
މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާ ތަނަކަށް ވާއިރު، ޕީކް ޓައިމްތަކުގައި ގަޑިއަކު ގާތްގަނޑަކަށް 60 މޫވްމަންޓްގެ ބޮޑު ރޭޓެއް މެނޭޖް ކުރަން ޖެހޭ ކަމަށެވެ. ""މި އަހަރު ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓް އިތުރު ކުރުމަށް މަސައްކަތް މި ކުރަނީ، މިއާއެކު ގަޑިއެއްހާ އިރު ތެރޭގައި 84 ސީޕްލޭންގެ އެއާ ޓްރެފިކް މޫވްމެންޓަށް އިތުރު ވާނެ،". އޭނާ ވިދާޅުވިއެވެ.
]
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ވިންޓާ ސުޕަ ޕީކް ސީޒަންގެ ނިޔަލަށް މި ބަދަލުތައް ތަންފީޒު ކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިވަގުތު ސީޕްލޭންގެ ހިދުމަތް ދެނީ ހެނދުނުން ފެށިގެން ހަވީރު 6 އާއި ހަމަޔަށެވެ. ވަޞީލަތްތައް މަދުކަމުން ރޭގަނޑު ސީޕްލޭން ނުޖައްސައެވެ. ނަމަވެސް ސީޕްލޭންގެ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއޭސީއެލް އިން ވަނީ އޮޕަރޭޝަނަލް ގަޑިތައް އިތުރުކުރުމުގެ ފުރުސަތުތައް ހޯދައިފަ އެވެ.
ރޭގަނޑު އޮޕަރޭޝަންތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެމްއޭސީއެލް އިން ވަނީ ރަންވޭގައި ލައިޓް ހަރުކުރުމަށް ރާވާފައެވެ. ޝަރީފް ވަނީ މިއަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަފައެވެ.
ރާއްޖެއިން އޭވިއޭޝަން އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަމުންދާއިރު، ރޭގަނޑު އޮޕަރޭޝަންތައް ހިމެނޭ ގޮތަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަކީ ގުޅުން ވަރަށް ބޮޑަށް އިތުރުވެ، ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބެލެވެ އެވެ.



