ސަރުކާރުގެ ފަރާތުން އެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފު. މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި މި ބިލް މަޖިލީހަށް ވަނީ ތައާރަފްކޮށްފައި.
814 ދުވަސް ކުރިން - 14:21
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ޤަވާޢިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމަވާފައި.
814 ދުވަސް ކުރިން - 14:11
އެމްޑީގެ ވެރިކަމުގައި ހިންގި 120 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަން މައްސަލައެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އަކްރަމް ކަމާލުއްދީނުގެ އިތުރުން އެމްޑީގެ ވެރިކަމުގައި މަޖިލީހުގެ 11 މެމްބަރުން
815 ދުވަސް ކުރިން - 14:03
43 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއް. މި ކޯހުގައި 12 ފަޔަރ ފައިޓަރުން ވަނީ ބައިވެރިވެފައި.
815 ދުވަސް ކުރިން - 13:59
ކުރިޔަށް އޮތް އިންތިހާބުގައި ވާދަނުކުރަން ނިންމައި ހެރިސް އަށް ތާއީދު ކުރުމަށް ބައިޑަން ނިންމީ އެތެރެއިން ކުރިމަތިވަމުންދާ ޕްރެޝަރާހެދި މަސްލަހަތު ގެއްލިދާނެތީއެވެ.
815 ދުވަސް ކުރިން - 13:50
ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި ހޯމަދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. ހޯމަދުވަހު މާލިއްޔަތު ކޮމެޓީން ރިޕޯޓް އިއްވާނެއެވެ
815 ދުވަސް ކުރިން - 03:25
ބައިނަލްއަގްވާމީ މުބާރާތްތަކަށް ގިނަ އެތުލީޓުން ފޮނުވުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާ ދިވެހި ތާރީޚު މިހާތަނަށް ނުދެކޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކޮށްދެއްވަން ރައީސް ނިންމަވައިފި
815 ދުވަސް ކުރިން - 22:34
އިމާމް ޔުނިވާސިޓީއާއެކު ރާއްޖޭގައި ޢަރަބިބަސް ކިޔަވައިދިނުމަށް މަޝްވަރާ ކޮށްފިއެވެ. ރަޖިސްޓްރީގެ މަސައްކަތާއި އެމް.ކިއު.އޭ އިން ކޯސް އެކްރެޑިޓްކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
815 ދުވަސް ކުރިން - 19:17
ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ޕޮލިސް ކޮލެޖުގެ ދެމީހުންގެ ޙާލު މިހާރު ރަނގަޅު. އެ ދެމީހުންވެސް މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ.
815 ދުވަސް ކުރިން - 18:50
މި އަހަރުގެ މިއަދާ ހަމައަށް 43 ޖެނެރޭޓަރު އަލަށް ގަނެ އެކި ރަށްރަށުގައި އިންސްޓޯލްކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި. އަދި މިހާތަނަށް އައި އިރު ކުންފުނީގެ ޖަނަރޭޓަރުތަކުގެ ޙާލަތު ރަނގަޅު ކުރެވި ޖަނަރޭޝަން ކެޕޭސިޓީވެސް އިތުރު ކުރެވިފައިވާ ކަމަށް ފެނަކައިން ބުނި.
815 ދުވަސް ކުރިން - 17:01
37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 151 ފިރިހެން ފުލުހުންނާއެކު ޖުމުލަ 199 ފުލުހުން ވަނީ ބައިވެރިވެފައި. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ ކަމަށް ފުލުހުން މައުލޫމާތުދޭ.
815 ދުވަސް ކުރިން - 16:03
ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ޕޮލިސް ކޮލެޖުގެ ދެމީހުންގެ ޙާލު މިހާރު ރަނގަޅު. އެ ދެމީހުންވެސް މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ.
815 ދުވަސް ކުރިން - 18:50