މިމަހުގެ 17 ވަނަ ދުވަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާ ދެމުންދިޔަ ދެ ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ.
އެ ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ފަރުވާދިންއިރު، މިއީ ކޮން ބާވަތެއްގެ ކާޏާއަކުން ދިމާވި މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ.
100 އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދާ އެ ކޮލެޖުގައި ދިމާވި ކާނާ ވިހަވުމުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ދަނީ ތަޙުޤީޤު ކުރަމުންނެވެ.



