މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި ހޯމަދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ މާލިއްޔަތު ކޮމެޓީން ރިޕޯޓް އިއްވާނެއެވެ.
މިސަރުކާރު އުފެދުނީއްސުރެ އެމްއެމްއޭއަކުން ސަރުކާރަށް އެއްބާރުލުމެއް ނުލިބެއެވެ. ގައުމުގެ މާލީ ކަންކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރުވެސް ، ސަރުކާރަށް ލަފާ ދިނުމަށް ގަވަރުނަރު ބޭނުންފުޅެެއް ނުވެއެވެ.
ރާއްޖޭގެ އިގްތިސާދު ހީނަރުވީ ކުރީގެ ސަރުކާރުތަކުން ނެގި އިންޓެތެސްޓު ރޭޓު ބޮޑު ލޯނު ތަކުން ކަމަށްވެފައި، މިސަރުކާރުން އެ ދަރަނިތަކަށް މިއަހަރު އެތައް ބިލިއަނެއް ދައްކަންޖެހޭއިރު، އެމްއެމްއޭއިން ސަރުކާރަށް އެއްބާރުލުން ނުދޭތީވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށް ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ލަފާ އެރުއްވުމަށްވެސް ހުށަހަޅުއްވާފައެވެ.
އަލީ ހާޝިމަށް ގަވަރުނަރުކަން ދިނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމްޑީޕީ ސަރުކާރުގައެވެ. މަޖިލީހުގެ 55 މެމްބަރުންގެ ތާއީދާ އެކުގައެވެ.



