މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 27 ވަނަ ބޭސިކް ފަޔަރ ފައިޓަރ ކޯސް ފަށައިފިއެވެ.
އެއަރޕޯޓުގައި މަސައްކަތް ކުރާ ފަޔަރ ފައިޓަރުން ތަމްރީނު ކުރުމަށް ހިންގާ މި ކޯހަކީ އިމަޖެންސީ ޙާލަތްތަކުގައި ރައްކާތެރިކަމާއެކު ހަރަކާތްތެރިވާނެ ހުނަރުތައް ކިޔަވައިދޭ މުހިންމު ކޯހެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
43 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގައި 12 ފަޔަރ ފައިޓަރުން ބައިވެރިވާއިރު، ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.
އެމްއޭސީއެލް އިން ދާދި ފަހުން ވަނީ އައު ފަޔަރ ސްޓޭޝަނެއްވެސް ހުޅުވާފައެވެ. އަލަށް ބޭނުންކުރަން ފެށި ރަންވޭއާ ދިމާލުގައި ޤާއިމްކުރި މި ފަޔަރ ސްޓޭޝަން އަކީ މުޅި ވީއައިއޭގެ ހުރިހާ ސަރަޙައްދެއް ބަލަހައްޓައި އަދި ކަމެއް ދިމާވާ ޙާލަތުގައިވެސް އަވަސް ޚިދުމަތް ދެވޭނެ ރަނގަޅު ތަނެއްގައި ޤާއިމްކޮށްފައިވާ ފަޔަރަ ސްޓޭޝަނެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.



