Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ގެއަކަށް ފިރިހެނަކު ވައްދައި، އޮރިޔާންކޮށް ފޭރުމުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ގެއަކަށް ފިރިހެނަކު ވައްދައި، އޮރިޔާންކޮށް ފޭރުމުގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފުލުހުން ބުނީ މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް.

755 ދުވަސް ކުރިން - 13:40

ސިވިލް ކޯޓުން ޔޫއޭއީ އެމްބަސީގެ ކުލި ނުދެއްކުމުގެ މައްސަލަ ނުބެލުމަށް ނިންމައިފި

ސިވިލް ކޯޓުން ޔޫއޭއީ އެމްބަސީގެ ކުލި ނުދެއްކުމުގެ މައްސަލަ ނުބެލުމަށް ނިންމައިފި

ނިއުޝާ އިމާރާތުގެ ވެރިފަރާތުން ހުށަހެޅި ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފި. މި މައްސަލައިގައި، 42،957 އެމެރިކާ ޑޮލަރުގެ ކުލި ނުދައްކާ ކަމަށް ބުނެފައިވޭ، ނަމަވެސް ކޯޓުން ނިންމީ، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުން މި މައްސަލަ ނުބެލޭނެ ކަމަށް.

756 ދުވަސް ކުރިން - 11:25

ބަންކަރިންއާއެކު ބިޒްނަސް ސެންޓަރެއް

ބަންކަރިންއާއެކު ބިޒްނަސް ސެންޓަރެއް

ކަނޑުގެ ވިޔަފާރިއާއި ލޮޖިސްޓިކްސްއަށް އެހީތެރިވުމުގެ މަޤްޞަދުގައި ހޯރަފުށީގައި ބިޒްނަސް ސެންޓަރެއް ތަރައްޤީކުރެވޭނެ. މި މަރުކަޒުގެ ސަބަބުން ވިޔަފާރިތައް ޝައުގުވެރިކޮށް، ލޯކަލް އިގްތިސާދު ކުރިއެރުވުމަށްޓަކައި ބޭނުންވާ ޝިޕިން ހިދުމަތްތަކާއި އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ

756 ދުވަސް ކުރިން - 09:36

ކުޅުދުއްފުށި ބޯޓުޔާޑް ނިމިއްޖެ

ކުޅުދުއްފުށި ބޯޓުޔާޑް ނިމިއްޖެ

ކުޅުދުއްފުށި ޕޯޓުގައި ބޯޓުޔާޑުގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި އިއްޔެ ވަނީ އެމްޕީއެލްގެ ލޭންޑިން ކްރާފްޓަކަށް ބަރުކޮށްފަ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ތަކެތި ކުޅުދުއްފުއްޓަށް ގެންދެވުމުން ބޯޓުޔާޑުގެ ހިދުމަތް ފެށިގެން ދާނެ

756 ދުވަސް ކުރިން - 09:35

ހޯރަފުށި ވަރުގަދަ މެރިޓައިމް ހަބަކަށް ބަދަލުކުރަނީ

ހޯރަފުށި ވަރުގަދަ މެރިޓައިމް ހަބަކަށް ބަދަލުކުރަނީ

ހޯރަފުށީގައި ބަނދަރު ހިއްކުމަށްފަހު ކޮންޓެއިނަރ ޓާމިނަލަ އަދި ތެޔޮ ރައްކާކުރެވޭނެ ގޮތްތައް ހެދުމަށްޓަކައި ވަނީ ރާވާފަ. އެކަން ކުރާނީ ބަންކަރިންގ ޚިދުމަތުގެ ދެވަނަ ފިޔަވަހީގައި ކަމަށް އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވި.

756 ދުވަސް ކުރިން - 08:53

އިހަވަންދޫގައި ޑޮކްޔާޑެއް ހަދަން ނިންމައިފި

އިހަވަންދޫގައި ޑޮކްޔާޑެއް ހަދަން ނިންމައިފި

އިހަވަންދޫ ޑޮކްޔާޑަކީ އުތުރުގައި ބޯޓުތައް ބެލެހެއްޓުމަށް މުހިންމު ފެސިލިޓީއެއްގެ ގޮތުގައި ހިދުމަތްކޮށް، ކުރިއަރާފައިވާ މަރާމާތުގެ ހިދުމަތްތައް ފޯރުކޮށްދީ، ލޯކަލް ވަޒީފާތައް އިތުރުކޮށްދީ، މޯލްޑިވްސްގެ ކަނޑުގެ ސިނާއަތުގެ ކުރިއެރުމަށް އެހީތެރިވެދޭނެ ތަނެކެވެ.

756 ދުވަސް ކުރިން - 08:52

ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ފެށިގެން ދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް: ޕީއެންސީ

ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ފެށިގެން ދާނީ ޑިމޮކްރަސީގެ މުޅިން އައު ބާބެއް: ޕީއެންސީ

ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން "މޯލްޑިވްސް ފަސްޓް" ސިޔާސަތު ތަޢާރަފުކުރައްވާފައިވާ ކަމަށާއި، މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނަވާފައިވާ ކަމަށާއި އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވައި ކައުންސިލް ތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހި ކޮށްދެއްވާފައިވާ ކަންވެސް ފީއެންސީން ފާހަގަ ކޮށްފައިވޭ.

756 ދުވަސް ކުރިން - 21:16

ފެނަކައިގެ ޑިރެކްޓަރަކަށް އެސްޓީއޯގެ ސީއެފްއޯ މުހައްމަދު ނިޒާމް އައްޔަންކޮށްފި

ފެނަކައިގެ ޑިރެކްޓަރަކަށް އެސްޓީއޯގެ ސީއެފްއޯ މުހައްމަދު ނިޒާމް އައްޔަންކޮށްފި

އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމުގެ ޓްރާންސިޝަން މަރުހަލާ ނިމުމަކާ ކައިރިވަމުންދާއިރު، ފެނަކަގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރަކަށް އެސްޓީއޯގެ ސީއެފްއޯ މުހައްމަދު ނިޒާމް އައްޔަންކޮށްފި. ނިޒާމަކީ މާލީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިފައިވާ ވެރިއެއް. އޭނާގެ ޤާބިލުކަމާއި ތަޖުރިބާ ބޭނުންކޮށްގެން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރެވޭ.

756 ދުވަސް ކުރިން - 20:17

ރައީސް މުއިއްޒުގެ މާލިމީކަމުގައި ފެނިގެންދަނީ އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު : ހުސެއިން ޝަރީފް

ރައީސް މުއިއްޒުގެ މާލިމީކަމުގައި ފެނިގެންދަނީ އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު : ހުސެއިން ޝަރީފް

މާރަންދޫގައި 2018 އިން ފެށިގެން އިއްޔެގެ ބައި-އިލެކްޝަނާ ހަމައަށް ބޭއްވި ހަ އިންތިޚާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީން ކަމަށާއި ނަމަވެސް މިހާރު ހާލަތު ބަދަލުވެ، ރައީސް ޑރ. މުޢިއްޒުގެ މާލިމީކަމުގައި ޕީއެންސީގެ ވެރިކަން ފެނިގެންދަނީ ތަނަވަސް އަޣުލަބިއްޔަތުން އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު ކަމުގައި ހުސެންބެ ވިދާޅުވެފައިވޭ.

756 ދުވަސް ކުރިން - 20:13

މާލޭގައި ބައްޕައަކު ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލޭގައި ބައްޕައަކު ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލޭގައި ހިނގި މިހާދިދާގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު. މިމައްސަލައިގައި ހިމެނޭ އެކުދިންގެ ބައްޕަ މިހާރު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފަ

756 ދުވަސް ކުރިން - 20:10

ބިއްލޫރި ޝީޓު ހާދިސާގައި އަނިޔާވި މީހަކު މާލެ ގެނެސްފި

ބިއްލޫރި ޝީޓު ހާދިސާގައި އަނިޔާވި މީހަކު މާލެ ގެނެސްފި

ފުވައްމުލަކުގައި ދޯންޏަކުން ބިއްލޫރި ޝީޓުތަކެއް ބާލަން އުޅެނިކޮށް އިއްޔެ ހެނދުނު ހިނގި ހާދިސާއެއްގައި 4 މީހަކަށް އަނިޔާވި. މާލެ ގެނައީ އެންމެ ބޮޑަށް އަނިޔާވި ބިދޭސީ މީހާ. އޭނާ މިހާރު ވަނީ އައިޖީއެމްއެޗްގެ ވޯޑެއްގައި އެޑްމިޓް ކުރެވިފަ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީން

756 ދުވަސް ކުރިން - 20:05

ހިޔާ ފްލެޓަކަށް ފިރިހެނުން ގެންގޮސް ފޭރުނު މައްސަލައިގައި 2 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ހިޔާ ފްލެޓަކަށް ފިރިހެނުން ގެންގޮސް ފޭރުނު މައްސަލައިގައި 2 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ރިމާނާ މޫސާ (39) އާއި އަޙްމަދު މިހާދު (44). މި މައްސަލަ އެ އޮފީހުން ބަލައިގަތީ މިދިޔަ ބުރާސްފަތި ދުވަހުކަމަށާއި އަދި 15 ދުވަހުގެ ތެރޭގައި ދަޢުވާ ކުރުމަށް ކޯޓަށް ފޮނުވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވޭ.

756 ދުވަސް ކުރިން - 19:59

Previous12345Next