Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ދިވެހި، ޢަރަބި އަދި އިނގިރޭސި ބަހުން ޚިދުމަތްދޭ ކޯލް ސެންޓަރެއް އައިޔޫއެމް އިން ތައާރަފްކޮށްފި

ދިވެހި، ޢަރަބި އަދި އިނގިރޭސި ބަހުން ޚިދުމަތްދޭ ކޯލް ސެންޓަރެއް އައިޔޫއެމް އިން ތައާރަފްކޮށްފި

އައިޔޫއެމް އިން ބުނީ މި ކޯލް ސެންޓަރަކީ ފުރަތަމަ ފަހަރަށް ރާއްޖޭގައި 3 ބަހުރުވައިން ޚިދުމަތްދޭ ކޯލް ސެންޓަރު ކަމަށް. އެގޮތުން މި ކޯލް ސެންޓަރުން ދިވެހި، ޢަރަބި އަދި އިނގިރޭސި ބަހުން ޚިދުމަތްދޭއިރު، އެ ޔުނިވަރސިޓީގެ ހޮޓްލައިން، 1405 މެދުވެރިކޮށް ކޯލް ސެންޓަރަށް ގުޅޭނެ ކަމަށް އައިޔޫއެމް އިން ބުނި.

755 ދުވަސް ކުރިން - 16:27

ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވާލުމަށް މަޝްވަރާކޮށްފި

ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވާލުމަށް މަޝްވަރާކޮށްފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މުޅި ރާއްޖެއަށް ރަށު ފަތުރުވެރިން އާންމުވެގެންދާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށް ވުޒާރައިން ބުނެފައިވޭ.

755 ދުވަސް ކުރިން - 16:15

ޕީޖީގެ މަޤާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި

ޕީޖީގެ މަޤާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައިފި

ޕީޖީގެ މަޤާމަށް އައްބާސް އައްޔަންކުރަން ފެންނަ ކަމަށް އެ ކޮމިޓީން ނިންމީ އެކަމަށްޓަކައި މިއަދު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އައްބާސްއާ އިންޓަވިއު ކުރުމަށްފަހު. އިންޓަވިއުއަށް ފަހު ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު ވިދާޅުވީ އައްބާސް އާ މެދު އާންމުންގެ ޝަކުވާއަށް ހުޅުވާލުމުން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި، އިންޓަވިއު އިން އެވްރެޖްކޮށް އޭނާ އަށް 93.91% ލިބިފައިވާ ކަމަށް.

755 ދުވަސް ކުރިން - 15:30

ދިއްގަރުގައި ސްވިމިންގ ޓްރެކެއް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށަނީ

ދިއްގަރުގައި ސްވިމިންގ ޓްރެކެއް އެޅުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށަނީ

މިނިސްޓަރ ރާފިއު ވިދާޅުވީ ދިއްގަރަކީ ފަތަން ދަސްކުރުމަށް ވާދަވެރި މާޙައުލެއް އޮތް ރަށެއް ކަމަށާއި އެ ރަށަށް މިހާރު ބޭނުންވަނީ ސްވިމިންގ ޓްރެކެއް ކަމަށް. އެގޮތުން ދިއްގަރުގައި ސްވިމިންގ ޓްރެކެއް އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވި.

755 ދުވަސް ކުރިން - 15:19

އޮގަސްޓު މަހު 130 މީހަކަށް 7 ލައްކަ ރުފިޔާއަށްވުރެ ގިނައިން ޒަކާތު ފަންޑުން އެހީ ދީފި

އޮގަސްޓު މަހު 130 މީހަކަށް 7 ލައްކަ ރުފިޔާއަށްވުރެ ގިނައިން ޒަކާތު ފަންޑުން އެހީ ދީފި

ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައި. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނޭ. މީގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައި.

755 ދުވަސް ކުރިން - 15:08

ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި

މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނީ އިއްޔެ. މި މައްސަލައާ ގުޅިގެން އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައި.

755 ދުވަސް ކުރިން - 14:37

ކުންފުނީގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ކުންފުނީގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން މި އިޞްލާޙު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާޢީލް ނިޒާރު. މި ބިލު މަޖިލީހަށް ބަލައިގަތީ 77 މެމްބަރުންގެ ވޯޓުން. އެގޮތުން އެ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުން ކޮމިޓީން ވަނީ ބިލު ދިރާސާކޮށް ފާސްކޮށްފައި.

755 ދުވަސް ކުރިން - 14:19

ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖެއްގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖެއްގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

މި އެކްސިޑެންޓް ހިނގާފައިވަނީ ލޮރީއަކާއި ސައިކަލެއް ޖެހިގެން. އަނިޔާވި ފަރާތަކީ ސައިކަލުގައި ދުއްވަމުން ދިޔަ މީހާކަމަށް ބެލެވޭ.

755 ދުވަސް ކުރިން - 14:06

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

ސައުދުﷲ ވިދާޅުވީ ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ކަމަށް. ކުންފުނީގެ ޤާނޫނަށް ގެންނަ އިސްލާހުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި އަދި މި އިސްލާހުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސައުދުﷲ ވިދާޅުވި.

755 ދުވަސް ކުރިން - 13:59

ބީއެމްއެލްގެ އިސް މަޤާމުތަކަށް ދިވެހިން ގެންނަން ޖެހޭކަމަށް ނާޒިމް ވިދާޅުވެއްޖެ

ބީއެމްއެލްގެ އިސް މަޤާމުތަކަށް ދިވެހިން ގެންނަން ޖެހޭކަމަށް ނާޒިމް ވިދާޅުވެއްޖެ

މި މަޤާމުތަކަށް މަހަކު 15,000 އެމެރިކާ ޑޮލަރުގެ މުސާރަ ދެމުންދާ ކަމަށް ނާޒިމް ފާހަގަކުރެއްވި، އަދި ބޭންކުގެ ކޮންޓްރޯލް ނެތި ހިނގަމުންދާނަމަ، ސީރިއަސް މައްސަލަތަކެއް ދިމާވެދާނެކަމަށް ނާޒިމް ވިދާޅުވި.

755 ދުވަސް ކުރިން - 13:53

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ފުލުހުން ބުނީ މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް.

755 ދުވަސް ކުރިން - 13:49

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލަން ނިންމައިފި

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލަން ނިންމައިފި

ގާޒީ އަލީ ނަދީމް ވިދާޅުވީ ދެ މައްސަލައިގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލުކުރެވޭތީ، ސުޕްރީމް ކޯޓުގެ މައްސަލަ ނިމެންދެން ކްރިމިނަލް ކޯޓުގެ މައްސަލަ މަޑުޖައްސާލުމަށް ނިންމި ކަމަށް.

755 ދުވަސް ކުރިން - 13:42

Previous12345Next