އޮގަސްޓު މަހު 130 މީހަކަށް 7 ލައްކަ ރުފިޔާއަށްވުރެ ގިނައިން ޒަކާތު ފަންޑުން އެހީ ދީފި

އަައިޝަތު ޒީނާ | 300 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2024 15:08
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
ޚުލާސާ

ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައި. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނޭ. މީގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައި.

ނިމުނު އޯގަސްޓު މަހުގައި 130 ފަރާތަކަށް 733436.60 ރުފިޔާ އެހީގެ ގޮތުގައި ޚަރަދު ކުރެވިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި އޯގަސްޓް މަހުގައި އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ޢަދަދަކީ 1123400.27 ދިވެހި ރުފިޔާއެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައެވެ. ޒަކާތު ފަންޑުން އޯގަސްޓު މަހުގައި އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލަކީ:

  • ކެންސަރަށް ފަރުވާ ކުރުން (385885.00 ރުފިޔާ)
  • ހިތުގެ އޮޕަރޭޝަން ކުރުމަށް (25443.00 ރުފިޔާ)
  • ކިޑްނީ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)
  • ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)
  • ސިކުނޑީގެ އޮޕަރޭޝަން ކުރުމަށް (130886.00 ރުފިޔާ)
  • އެހެނިހެން (4125500.27 ރުފިޔާ)

ޒަކާތު ހައުސް އިން ބުނީ "އެހެނިހެން" ގޮތުގައި ބަޔާންކުރެވިފައި ވަނީ ވަޤުފު އުފެއްދުމާއި އިދާރީ މުވައްޒަފުންގެ އުޖޫރައަށް ކަމަށެވެ. އެގޮތުން ވަޤުފް އިމާރާތް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 37800 ރުފިޔާ ހޭދަވެފައިވާކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

މީގެ އިތުރުން ޒަކާތު މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން ޚަރަދު ކުރެވިފައިވަނީ 268276.72 ރުފިޔާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%