Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

އައިޝަތު ރުވާ ރިފްޢަތު
675 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2024 13:59
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ
ޚުލާސާ

ސައުދުﷲ ވިދާޅުވީ ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ކަމަށް. ކުންފުނީގެ ޤާނޫނަށް ގެންނަ އިސްލާހުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި އަދި މި އިސްލާހުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސައުދުﷲ ވިދާޅުވި.

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރުގައި މިއަދު ބޭއްވުނު ޖަލްސާގައި ކުންފުނީގެ ޤާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ކުންފުނީގެ ޤާނޫނަށް ގެންނަ އިސްލާހުތަކަކީ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި އަދި މި އިސްލާހުތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.

Advertisement

Advertisement 1

"ކުންފުނިތަކުގެ ވާހަކަ މިއަދު ދައްކާއިރު ވިސްނާލަން ޖެހޭ މިއަދުގެ ސަރުކާރުން ކަންތައް ކުރި ގޮތަކުނެއް ނޫން ކުންފުނިތައް ބަނގުރޫޓު ވެގެން ދަނީ. ކުންފުނިތައް ބަގްރޫޓްވެގެން ދަނީ ކުރީ ސަރުކާރުން ކަންތައްތައް ކުރި ގޮތުން. އަންހެނަކު ބަލިވެ އިންނަތާ ހަމަ އެ ދުވަހަކު ނޫން ވިހަނީ. ނުވަ މަހާއި 10 ދުވަސް ނަގާ. އެހެންވީމަ ނުވަމަހާއި 10 ދުވަސް ފުރާ ދަރިއަކު ވިހީމަ އެއީ ދަރިފުޅު ގަރުބަގަތް ދުވަސް ކަމަށް ބަލައިގެން ނުވާނެ. އެހެންވީމަ މިއަދު ކުންފުނިތަކަށް ދިމާވަމުންދާ މައްސަލަތައް ދިމާވަނީ މިދިޔަ ސަރުކާރުން ކަންތައްތައް ކުރި ގޮތުން." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ފާހަގަކުރެއްވި ގޮތުގައި، ފެނަކައަށް ސަޕްލައިކުރި ފަރާތްތަކަށް ފައިސާ ނުދިނުމުގެ މައްސަލައަކީ ކުރީ ސަރުކާރުގައިވެސް އޮތް މައްސަލައެކެވެ. އަދި ކުރީ ސަރުކާރުން ގެރެންޓީއެއް ނެތި 4.1 މިލިއަން ރުފިޔާ އަމިއްލަ ފަރާތަކަށް ދޫކުރިކަންވެސް ސައުދުﷲ ފާހަގަކުރެއްވިއެވެ.

"މިފަދަ ކަންކަމުގެ ސަބަބުން ކުންފުނިތަކަށް ގެއްލުންވަމުންދަނީ. އަދި މިއީ ކުންފުނިތައް ބަނގުރޫޓުވުމަށް މަގުފަހިވާ ކަންކަން،" ސައުދުﷲ ވިދާޅުވިއެވެ.

ކުންފުނީގެ ގާނޫނު އަވަހަށް އިސްލާހުކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ލިބުމަށް އުންމީދުކުރައްވާ ކަމަށާއި އަދި މި އިސްލާހުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިގްތިސާދީ ގޮތުން ގައުމަށް ކުރިއެރުން ހޯދައިދޭނެ ބަދަލުތަކެއް ކަމަށްވެސް ސައުދުﷲ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމެމްބަރު ސައުދުﷲ ހިލްމީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

9 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

16 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

17 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

29 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

48 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

48 ދުވަސް ކުރިން - 12:12