މާލޭގައި 42 އަހަރުގެ ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިންގޮތުގައި ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ވަނީ ކޯޓު އަމުރަކާ އެކު ހައްޔަރުކުރެވިފައެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ، މި މައްސަލައިގެ ޝިކާރައަކަށްވެފައިވަނީ ތުހުމަތުކުރެވޭ ފަރާތުގެ ދެ އަންހެން ދަރިންނާއި އިތުރު ތިމާގެ ކުއްޖެކެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގައި ކަމަށާއި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން އިތުރަށް ވިދާޅުވީ މިހާރު މި މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ޢާންމުންނާ ހިއްސާކުރާނެ ކަމަށެވެ.