Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޯރަފުށި ވަރުގަދަ މެރިޓައިމް ހަބަކަށް ބަދަލުކުރަނީ

ހޯރަފުށި ވަރުގަދަ މެރިޓައިމް ހަބަކަށް ބަދަލުކުރަނީ

އުސްތާޛް މުޙައްމަދު ޢަލީ
714 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2024 08:53
ހޯރަފުށި ވަރުގަދަ މެރިޓައިމް ހަބަކަށް ބަދަލުކުރަނީ
ޚުލާސާ

ހޯރަފުށީގައި ބަނދަރު ހިއްކުމަށްފަހު ކޮންޓެއިނަރ ޓާމިނަލަ އަދި ތެޔޮ ރައްކާކުރެވޭނެ ގޮތްތައް ހެދުމަށްޓަކައި ވަނީ ރާވާފަ. އެކަން ކުރާނީ ބަންކަރިންގ ޚިދުމަތުގެ ދެވަނަ ފިޔަވަހީގައި ކަމަށް އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވި.

ބަންކަރިންގެ ޚިދުމަތުގެ ތެރެއިން ހއ.ހޯރަފުށި ވަރުގަދަ މެރިޓައިމް ހަބަކަށް ބަދަލުކުރަން ނިންމައިފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވީ 

Advertisement

Advertisement 1

ސަރުކާރުގެ ބަންކަރިންގެ ޚިދުމަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ހޯރަފުށީ ފަޅު ހިއްކައިގެން ބައިނަލްއަގްވާމީ ފެންވަރުގެ ކޮންޓެއިނަރު ޓާމިނަލަކާއި ތެޔޮ ޓާމިނަލެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބޮޑު މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެއާއި ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދު މުދާ ހިފައިގެން ދަތުރުކުރުމަށް މަގުފަހިކޮށްދީ ކަނޑުގެ އިޤްތިޞާދު ކުރިއެރުވުމެވެ.

މި މަޝްރޫޢު ފަށާނީ ބަންކަރިން ޚިދުމަތުގެ ދެވަނަ ފިޔަވަހީގައި ކަމަށް ވަޖީހު ވިދާޅުވިއެވެ.

ހޯރަފުށީގައި ޓާމިނަލެއް އެޅުމުގެ އިތުރުން ޕައިލެޓޭޖް، ކްރޫ ބަދަލުކުރުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، މެއިންޓެނަންސްގެ ހިދުމަތްތައް ހިމެނޭ ގޮތަށް އުޅަނދުތަކަށް ގިނަ ހިދުމަތްތަކެއް ލިބޭނެ އެވެ. މިކަމުގެ ސަބަބުން އިގްތިސާދަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވަޖީހު ފާހަގަ ކުރައްވައެވެ.

ކްރޮސްޑް ކާގޯގެ ހިދުމަތް ތައާރަފް ކުރުމުން މި ބަނދަރުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މަގުތަކާ ގުޅުން އިތުރުވެގެންދާނެ އެވެ.

ހޯރަފުށީގެ ތަރައްގީއަކީ ކަނޑުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ބައެކެވެ. އާ ފެސިލިޓީތަކާއެކު ހޯރަފުއްޓަށް އިންޓަނޭޝަނަލް ޝިޕިން ކުންފުނިތައް ޝައުގުވެރިވެ، ކަނޑުގެ އިންފްރާސްޓްރަކްޗާގައި މުހިންމު ގޭޓްވޭއެއްގެ ދައުރު ވަރުގަދަވާނެ ކަމަށް ބެލެވެ އެވެ.

އެމްޕީއެލްބަންކަރިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި އެމްޕީއެލްއާއެކު ސޮއިކޮށްފި

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ދުވަސް ކުރިން - 08:34

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

އެމްޕީއެލްގެ އަހަރީ އައިއެސްޕީއެސް ސެކިއުރިޓީ ތަމްރީނު ކާމިޔާބުކަމާއެކު ބާއްވައިފި

16 ދުވަސް ކުރިން - 23:57

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ: އިގްތިސާދަށް ބޮޑު އިންގިލާބެއް

ތިލަފުށި ޕޯޓާއެކު މުދާ އުފުލާ ބޯޓުތައް 2 ދުވަހުން ފުރުވާލެވޭނެ

20 ދުވަސް ކުރިން - 08:29

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެމް.ޕީ.އެލް އިން މަޝްވަރާކޮށްފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

32 ދުވަސް ކުރިން - 01:05

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

ޕޯޓުގެ އޮޕަރޭޝަނުގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވެގެންދާނެ: ރައީސް

32 ދުވަސް ކުރިން - 11:07

ވޭތުވެދިޔަ ހަފުތާގައި 42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ ކޮށްފި

42،000 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއަރ އެމްޕީއެލުން ކްލިއަރކޮށްފި

36 ދުވަސް ކުރިން - 18:06