ސިވިލް ކޯޓުން ޔޫއޭއީ އެމްބަސީގެ ކުލި ނުދެއްކުމުގެ މައްސަލަ ނުބެލުމަށް ނިންމައިފި

އާނާ ފަހީމް | 440 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2024 11:25
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ޚުލާސާ

ނިއުޝާ އިމާރާތުގެ ވެރިފަރާތުން ހުށަހެޅި ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފި. މި މައްސަލައިގައި، 42،957 އެމެރިކާ ޑޮލަރުގެ ކުލި ނުދައްކާ ކަމަށް ބުނެފައިވޭ، ނަމަވެސް ކޯޓުން ނިންމީ، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުން މި މައްސަލަ ނުބެލޭނެ ކަމަށް.

ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީ ހިންގި އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ގ. ނިއުޝާ އިމާރާތުގެ ވެރިފަރާތް ކަމަށްވާ އާމިނަތު އަހުމަދު ދީދީއެވެ. އޭނާ ބުނެފައިވަނީ 2020 މޭ 1 އިން 2022 އޮކްޓޯބަރުގެ ނިޔަލަށް އިމާރާތުގެ 5، 6، އަދި 7 ވަނަ ފަންގިފިލާ ޔޫއޭއީ އެމްބަސީއަށް ކުއްޔަށް ދިން ނަމަވެސް، އެ މުއްދަތުގެ ކުއްޔަށްވާ 42،957 އެމެރިކާ ޑޮލަރު ލިބިފައި ނުވާ ކަމަށެވެ.

އާމިނަތު އަހުމަދު ދީދީ ވަނީ ކުއްޔަށްވާ 42،957 އެމެރިކާ ޑޮލަރުގެ އިތުރުން، އެއްބަސްވުން އުވާލުމާ ގުޅިގެން ތިން މަސް ދުވަހުގެ ކުއްޔަށްވާ 48،720 އެމެރިކާ ޑޮލަރު އަދި ޤާނޫނީ ހަރަދުގެ ގޮތުގައި 750 އެމެރިކާ ޑޮލަރު ހޯދުމަށް އެދިފައެވެ.

ނަމަވެސް ސިވިލް ކޯޓުން ނިންމީ މި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށެވެ. ކޯޓުން މި ނިންމުން ނިންމި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކަކީ "ވިއެނާ ކޮންވެންޗަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" ގެ ދަށުން ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށާއި، އެ އިމްތިޔާޒު ލިބިގެންވާ ފަރާތްތަކުގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ އުފުލައިގެން ނުވާނެ ކަމަށެވެ.

ސިވިލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%