Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް މުއިއްޒުގެ މާލިމީކަމުގައި ފެނިގެންދަނީ އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު : ހުސެއިން ޝަރީފް

ރައީސް މުއިއްޒުގެ މާލިމީކަމުގައި ފެނިގެންދަނީ އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު : ހުސެއިން ޝަރީފް

އައިޝަތު ރުވާ ރިފްޢަތު
724 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2024 20:13
ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ)
ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ)
ޚުލާސާ

މާރަންދޫގައި 2018 އިން ފެށިގެން އިއްޔެގެ ބައި-އިލެކްޝަނާ ހަމައަށް ބޭއްވި ހަ އިންތިޚާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީން ކަމަށާއި ނަމަވެސް މިހާރު ހާލަތު ބަދަލުވެ، ރައީސް ޑރ. މުޢިއްޒުގެ މާލިމީކަމުގައި ޕީއެންސީގެ ވެރިކަން ފެނިގެންދަނީ ތަނަވަސް އަޣުލަބިއްޔަތުން އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު ކަމުގައި ހުސެންބެ ވިދާޅުވެފައިވޭ.

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މާލިމީކަމުގައި ތަނަވަސް އަޣުލަބިއްޔަތަކާއެކު އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު ފެނިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސެއިން ޝަރީފް (ހުސެންބެ) ރޭ ވިދާޅުވެއްޖެއެވެ.

ހުސެންބެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާރަންދޫގައި 2018 އިން ފެށިގެން އިއްޔެގެ ބައި-އިލެކްޝަނާ ހަމައަށް ބޭއްވި ހަ އިންތިޚާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީން ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެ، ރައީސް ޑރ. މުޢިއްޒުގެ މާލިމީކަމުގައި ޕީއެންސީގެ ވެރިކަން ފެނިގެންދަނީ ތަނަވަސް އަޣުލަބިއްޔަތުން އިންތިޚާބުތައް ކާމިޔާބުކުރާ މަންޒަރު ކަމުގައި ހުސެންބެ ވިދާޅުވިއެވެ.

ހއ، މާރަންދޫގައި 2018 ފެށިގެން މިޔަދުގެ ބައި އިލެކުޝަނާ ހަމަޔަށް ބޭއްވުނު 6 އިންތިހާބްވެސް ކާމިޔާބް ކުރީ @MDPSecretariat ން، ނަމަވެސް ހާލަތު ބަދަލުވެ ހިކުމަތްތެރި ދިވެހީންގެ ރައީސް ޑރ. @MMuizzu ގެ މާލިމީ ކަމުގައި @pnc_secretariat ގެ ވެރިކަން ފެނިގެން ދަނީ ތަނަވަސް… https://t.co/UrdmkQkR5H

Advertisement

Advertisement 1
— Hussain Shareef 🇲🇻🇵🇸🤲 (@HusseinSharyf)

"ދުޢާއަކީ ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއެކު ރައީސް ޑރ. މުޢިއްޒުގެ ވެރިކަމަކީ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ހަމަޖެހުން ލިބިގެންދާ ވެރިކަމަކަށް ވެގެންދިއުމެވެ. އާމީން" މިހެން ހުސެންބެ ވިދާޅުވިއެވެ.

މާރަންދޫ ކައުންސިލަށް އާ މެންބަރަކު އިންތިޚާބު ކުރަނީ އެރަށު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ރަމީޒު، ޖުލައި 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުޙައްމަދާއި، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ފަރާތުން ޢަބްދުލް ޙަމީދު ޢަބްދުއްސައްތާރެވެ. ނަތީޖާއަށް ބަލާއިރު، ޝިހާމަށް ލިބިވަޑައިގަތީ 250 ވޯޓު އަދި ޢަބްދުއްސައްތާރަށް ލިބިވަޑައިގަތީ 285 ވޯޓެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ފަހުން ބާއްވާ ބައި-އިލެކްޝަންތައް ކާމިޔާބު ކުރަމުން އަންނަނީ ޕީއެންސީން ކަމާއި، އެ ޕާޓީން އިންތިޚާބުތައް ކާމިޔާބު ކުރަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީ ބަލިކޮށްފައި ކަމެވެ.

ޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

4 ދުވަސް ކުރިން - 08:40

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

10 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

12 ދުވަސް ކުރިން - 08:31

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

22 ދުވަސް ކުރިން - 12:53

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

34 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

35 ދުވަސް ކުރިން - 08:44