ބޭރުގެ ދަތުރުތަކުގައި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނާ ބައްދަލުކުރުމަށް އިސްކަންދެއްވާކަން ރައީސް މުއިއްޒު ތަކުރާރު ކުރައްވައި، ކޮންސިއުލަރ ޚިދުމަތްތައް ރަނގަޅު ކުރެއްވުމަށް ވަޢުދުވެވަޑައިގެންނެވި
733 ދުވަސް ކުރިން - 05:12
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަށްފަހު ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ފެނިވަޑައިގަންނަވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި
733 ދުވަސް ކުރިން - 04:50
އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ ފޭރިގަނެފައިވާ މައްސަލައިގައި , ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ
733 ދުވަސް ކުރިން - 01:32
އިންޑިއާ ކަނޑުގެ ބާރުގެ ވާދަވެރިކަމުގެ ތެރެއިން، ސަރުކާރުން ޗައިނާއަށް ލެނބިފައިވާ ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ސަރުކާރުގެ އިސް އަމާޒަކީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވި.
733 ދުވަސް ކުރިން - 00:59
ދިވެހިންނާއި ޚާރިޖިއްޔާއާއި ދިވެހި އެމްބަސީތަކާއި މިހާރު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އަދި ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތް ގިނަކަންވެސް ވަޒީރު ފާހަގަކުރެއްވި.
733 ދުވަސް ކުރިން - 00:57
ދިވެހި-އިންޑިއާ ގުޅުން އިތުރަށް ހަރުދަނާވަމުން އައުމާއެކު، ދެމެހެއްޓެނިވި އެކުވެރިކަމުގެ މުހިންމުކަން ފާހަގަކޮށް، އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް މަރުޙަބާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއިވޭ.
733 ދުވަސް ކުރިން - 23:26
އެޕާޓްމެންޓްތައް ގަތުމަށް ފީފާއިން ނެގި ލޯނުގެ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ބައްސާމް އަދީލްގެ ހުޅުމާލޭ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްފި.
733 ދުވަސް ކުރިން - 23:19
ބައެއް ސަރަހައްދުތަކަށް ގަޑިއަކު 23 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، މުޅި ރާއްޖޭގެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް މެޓުން ލަފާކުރޭ
733 ދުވަސް ކުރިން - 23:13
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހީންގެ ހާލު ބައްލަވައި އެބޭފުޅުންގެ ބޭނުންތައް އަޑުއައްސަވައި އެހީތެރިކަމެއް ބޭނުންތޯ އައްސަވާފައި
734 ދުވަސް ކުރިން - 19:38
އިންޑިއާ - ރާއްޖެ ގުޅުން މާދަމާ އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވައިފި
734 ދުވަސް ކުރިން - 19:18
މިއީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް. ރައީސް މުޢިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ. ރައީސް މުޢިއްޒު ފުރާވަޑައިގަތީ އިންޑިޔާގެ ސަރުކާރުން ހަމަޖައްސައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގަ
734 ދުވަސް ކުރިން - 17:55
މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން. އައު ވީޑިއޯރޫމްގެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް މަޖިލިސް އިދާރާއިން ދަނީ މަސައްކަތް ކުރަމުން
734 ދުވަސް ކުރިން - 17:21