Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޖިލީހުގެ ތިންވަނަ ދައުރު ފެށުން އަންނަ ހަފުތާއަށް ފަސްކޮށްފި

މަޖިލީހުގެ ތިންވަނަ ދައުރު ފެށުން އަންނަ ހަފުތާއަށް ފަސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
692 ދުވަސް ކުރިން - 6 އޮކްޓޫބަރު 2024 17:21
ރައްޔިތުންގެ މަޖިލީސް/ ފޮޓޯ: ޚުލާސާ
ރައްޔިތުންގެ މަޖިލީސް/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން. އައު ވީޑިއޯރޫމްގެ މަސައްކަތް ވަރަށް އަވަހަށް ނިންމުމަށް މަޖިލިސް އިދާރާއިން ދަނީ މަސައްކަތް ކުރަމުން

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ފެށުން އަންނަ ހަފްތާއަށް ފަސްކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް އައު ވީޑިއޯ ރޫމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ނިމެންދެން ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް ދަތިތަކެއް ހުރުމުން، މި ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފްތާގެ ހޯމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި މައުލޫމާތު ޕީއެސްއެމް ނިއުސްއަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ކުރިން ތާވަލުކޮށްފައި އޮތް ގޮތުން މި ދައުރުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައި އޮތީ މި މަހުގެ 7 ގައެވެ.

Advertisement

Advertisement 1

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ މަސައްކަތްތައް ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. މަޖިލީހުގެ އާންމު އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ދައުރުގައި 11 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ފެށުން ފަސްކުރުމާ ގުޅިގެން، އާ ވީޑިއޯ ރޫމުގެ މަސައްކަތް އަވަހަށް ނިންމައި، ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%