"މާދަމާ ބޮޑުވަޒީރާއެކު ބާއްވާ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް،". ޖައިޝަންކަރު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި މީގެ އިރުކޮޅެއް ކުރިން ބައްދަލު ކުރައްވައިފިއެވެ.
ޖައިޝަންކަރް ވަނީ، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢީއްޒު ކުރައްވާ މަސައްކަތް ބަލައިގެންފައެވެ.










