Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ރާއްޖެއަކުން ނުކުރާނެ: ރައީސް

އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ރާއްޖެއަކުން ނުކުރާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
703 ދުވަސް ކުރިން - 7 އޮކްޓޫބަރު 2024 00:59
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިންޑިއާ ކަނޑުގެ ބާރުގެ ވާދަވެރިކަމުގެ ތެރެއިން، ސަރުކާރުން ޗައިނާއަށް ލެނބިފައިވާ ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ސަރުކާރުގެ އިސް އަމާޒަކީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވި.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާގެ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގެން، އިންޑިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އިންޑިޔާގެ ރައީސް ދްރައުޕަދީ މުރުމޫގެ ދަޢުވަތަކަށް ރައީސް މުޢިއްޒު އަދި އަނބިކަނބަލުން މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން "ޓައިމްސް އޮފް އިންޑިޔާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ޒަމާނުއްސުރެ ޤާއިމުވެފައިވާ ރަޙްމަތްތެރިކަމާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ޤާތް ގުޅުމެއް ކަމަށެވެ.

"އެކި ދާއިރާތަކުން އެހެން ޤައުމުތަކާއެކު އަޅުގަނޑުމެންގެ ގުޅިގެން މަސައްކަތްކުރުން އިތުރުކުރަމުންދާއިރު، ރާއްޖެއިން ކުރާ ކަމެއްގެ ސަބަބުން މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުމެއް ނުލިބޭނެކަން ރާއްޖެއިން ޔަޤީންކުރާނެ،" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

އިންޑިޔާ ކަނޑުގެ ވާދަވެރިކަމުގެ ތެރެއިން އެ މަނިކުފާނުގެ ވެރިކަމުގައި، ޗައިނާއަށް ރާއްޖެ ލެނބިފައިވާ ކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް، މި ސަރުކާރުގެ އެންމެ އިސްކަމެއް ދެނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މައްޗަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ އެ މަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތް ފަހުން އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރާއެވެ. އަދި މާދަމާ ރައީސް އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ އެކު ރަސްމީ މަޝްވަރާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތް ކަމަށް ވެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް ރާއްޖެ އާއި އިންޑިޔާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައިވަނީ މި ވެރިކަމުގެ ކުރީކޮޅު ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާތީއެވެ. ނަމަވެސް، މިހާރު އިންޑިޔާ އާއި ރާއްޖެއިން ވެސް އެއް ޤައުމުން އަނެއް ޤައުމުން ހިއްސާކުރާ ކަންބޮޑުވުންތަކާއި އިސްކަންދޭ ކަންކަން ވަނީ ރަނގަޅަށް އެނގި ދަސްވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށް ވާއިރު، އެ ކަމަށް ޢަމަލުކުރަން ނިންމުމަކީ ވެސް ގުޅުމަށް އަސަރުކުރި ކަމެއް ކަމަށް ބެލެވެއެވެ. އެކަމާ ގުޅުވައި އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ސަރުކާރުން ދަމަހައްޓާނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" އެކެވެ.

"އިންޑިޔާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނަން. އެހެން ޤައުމުތަކާ އެކު އަޅުގަނޑުމެން ދަމަހައްޓާ ގުޅުންތަކުން، އިންޑިޔާގެ ސަލާމަތީ މަޞްލަޙަތަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

އެކަން ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ޙައިޘިއްޔަތުން އިންޑިޔާއަށް ވަރަށް ރަނގަޅަށް ފަހުމްވާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ދަތުރުފުޅާ ގުޅޭ މުހިންމު ނުކުތާތައް ފާހަގަކޮށް، ދެ ޤައުމުގެ ގުޅުމުގެ މުހިންމުކަމާއި، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދީފައިވެއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްތައް ވެސް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އެކަމަކު، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަތެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރެވި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އައު މަރުހަލާއަކަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިންޑިއާ - ރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05