Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބައްސާމްގެ އެޕާޓްމެންޓްތައް ފުލުހުންނާ ހަވާލުކުރުން މަހެއްހާ ދުވަހަށް ފަސްކޮށްދީފި

ބައްސާމްގެ އެޕާޓްމެންޓްތައް ފުލުހުންނާ ހަވާލުކުރުން މަހެއްހާ ދުވަހަށް ފަސްކޮށްދީފި

އާނާ ފަހީމް
607 ދުވަސް ކުރިން - 6 އޮކްޓޫބަރު 2024 23:19
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް
ޚުލާސާ

އެޕާޓްމެންޓްތައް ގަތުމަށް ފީފާއިން ނެގި ލޯނުގެ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ބައްސާމް އަދީލްގެ ހުޅުމާލޭ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްފި.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލްގެ މިލްކިއްޔާތުގައިވާ ހުޅުމާލޭ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހަށް ފަސްކޮށްދީފިއެވެ.

ފުލުހުން މިއަދު އަދު ހެނދުނު ބުނި ގޮތުގައި، އެޕާޓްމެންޓްތައް ހަވާލުކުރުމަށް މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުން ސިޓީއަކުން އެދިފައިވެއެވެ. ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާކަން ފުލުހުން ވަނީ އަންގާފައެވެ.

މި ދެ އެޕާޓްމެންޓް މި މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވެއެވެ. މިއާ ގުޅިގެން އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފުލުހުން ފަށާފައިވެއެވެ.

Advertisement

Advertisement 1

ފުލުހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙްމަދު ސަވާދު ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމްއިން ނެގި ލޯނުގެ ފައިސާއިން އޭރުގެ އެފްއޭއެމްގެ ރައީސް ބައްސާމް، އަމިން އެވެނިއުއިން ދެ އެޕާޓްމެންޓް ގަނެފައިވާކަން ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ކަމަށެވެ. މި މައްސަލައިގައި ބައްސާމް އާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވާ ކަމަށް ސަވާދު ވިދާޅުވިއެވެ.

އެފްއޭއެމްބައްސާމް އަދީލް ޖަލީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

2 ދުވަސް ކުރިން - 10:38

ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމަށްފަހު ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

80 ދުވަސް ކުރިން - 14:57

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

92 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

95 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

96 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

125 ދުވަސް ކުރިން - 10:22