ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރައްވައިފިއެވެ.
ދިވެހިންގެ ހާލު ބައްލަވައި ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ އާއި އެއްވެސް ކަމެއްގައި ދަތިވާނަ އެކަމެއް ކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވި ފުރަމާނަ ދަތުރުފުޅުގައި ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވީތީ އެބޭފުޅުން އެކަމާ ވަރަށް އުފާ ކުރައްވައި ރައީސްއާއެކު ފޮޓޯ ނެގުމަށް ވެސް އެދިލެއްވިކަން ފާހަގަ ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހިނގާ އޮކްޓޯބަރުމަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާއިރު، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރުން މިއަދު ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.











