މިއަދު ހެނދުނު 8:39 ހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގުން އިރަށް ދަތުރުކުރަމުންދިޔަ ޕިކަޕެއްގެ ބެޓެރީގައި އަލިފާން ރޯވެ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުން ހަރަކާތްތެރިވެއްޖެ.
725 ދުވަސް ކުރިން - 17:53
މިއަދު ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މުވައްޒަފުންގެ ވަނަވަރާއި، މުސާރަ އަދި މުވައްޒަފުންގެ ޢަދަދު ހާމަކުރުމަށް ހުށަހެޅި ސިޓީގައި އެދިފައިވާ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދިނުމަށް ފާސްކޮށްފައިވޭ. މި ހުށަހެޅުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު.
725 ދުވަސް ކުރިން - 17:50
އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާކުރާ މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް ފްލެކްސިބަލް ޑިއުޓީ ހަމަޖައްސައިދިނުމުގެ އުސޫލު އަލުން ތަންފީޒުކުރަން ފަށައިފި. މިއީ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް އިޖާބަދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް.
725 ދުވަސް ކުރިން - 17:49
ރައީސް މުޢިއްޒު އދ. އަށް ކުރެއްވެވި ދަތުރުފުޅަށް ސަރުކާރުން ޚަރަދުވެފައިވަނީ 2.4 މިލިއަން ރުފިޔާ. މިއީ 2021 ގައި އދ. އަށް ވަޑައިގެންނެވި ރައީސް ސޯލިހުގެ ދަތުރުފުޅަށްވުރެ 2.9 މިލިއަން ރުފިޔާގެ ކުޑަ އަދަދެއް.
725 ދުވަސް ކުރިން - 17:19
މި ހަބުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭން ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނި. މިހާރު ކުރަމުން އަންނަނީ ޢިމާރާތެއް ހަމަޖެއްސުމުގެ މަސައްކަތް.
725 ދުވަސް ކުރިން - 15:20
މުރައިދޫގޭ މުވައްޒަފުންގެ މަޢުލޫމާތު ސިއްރުކުރަން 241 ކޮމިޓީން ނިންމި ނިންމުން އަލުން މުރާޖަޢާކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މައްސަލައިގައި އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވޭ.
725 ދުވަސް ކުރިން - 15:11
އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް. އޭނާ ވަނީ މަޖިލީހުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި.
725 ދުވަސް ކުރިން - 14:55
ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން 7 ދުވަހުގެ މުއްދަތަށް ބަންދުކޮށްފި. އެ ދެމީހުން ބަލައި ފާސްކުރިއިރު ދެ މީހުންގެ ކިބައިން މަސްތުވާތަކެތި ފެނި، އެ ތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައި.
725 ދުވަސް ކުރިން - 14:53
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 340 ގްރާމް މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 24 އަހަރުގެ ޒުވާނަކު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި.
725 ދުވަސް ކުރިން - 14:45
ފުލުހުން ބުނި އިއްޔެ އެމީހާ މަރުވެފައިވަނީ ރަސްދޫ ކައިރީގައި އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް. މި ހާދިސާގައި މަރުވެފައިވަނީ 27 އަހަރުގެ ޗައިނާގެ ފަތުރުވެރިއެއް.
725 ދުވަސް ކުރިން - 14:41
ފުލުހުންގެ މުއައްސަސާއަށް ޖަޕާން ސަރުކާރާއި ޔޫއެންއޯޑީސީގެ ފަރާތުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައި.
725 ދުވަސް ކުރިން - 14:32
އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ މި ދަތުރު ހަމަޖެހިފައިވަނީ ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތާއި ގުޅިގެން ކަމަށާއި، މި ދަތުރުގައި 10-25 ދަރިވަރުން ބައިވެރިވެލައްވާނެ ކަމަށް.
725 ދުވަސް ކުރިން - 14:08