ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު އިބްރާހިމް އިއްޔެ ރޭ އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަބްދުލްޣަފޫރު އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން 27 ފެބްރުއަރީ 2005 އިން 27 މެއި 2009 އަށް ކުރެއްވި ބޭފުޅެކެވެ.
އަބްދުލްޣަފޫރު މަޖިލީހުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.









