Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ އދ. ގެ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ، އިބޫގެ ދަތުރަށް 5.3 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ އދ. ގެ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ، އިބޫގެ ދަތުރަށް 5.3 މިލިއަން ރުފިޔާ

ހުސައިން އިސްމާއިލް
650 ދުވަސް ކުރިން - 14 އޮކްޓޫބަރު 2024 17:19
ރައީސުލްޖުމްހޫރިއްޔާ އދ. އަށް ކުރެއްވެވި ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުން.
ރައީސުލްޖުމްހޫރިއްޔާ އދ. އަށް ކުރެއްވެވި ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުން.
ޚުލާސާ

ރައީސް މުޢިއްޒު އދ. އަށް ކުރެއްވެވި ދަތުރުފުޅަށް ސަރުކާރުން ޚަރަދުވެފައިވަނީ 2.4 މިލިއަން ރުފިޔާ. މިއީ 2021 ގައި އދ. އަށް ވަޑައިގެންނެވި ރައީސް ސޯލިހުގެ ދަތުރުފުޅަށްވުރެ 2.9 މިލިއަން ރުފިޔާގެ ކުޑަ އަދަދެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ 79 ވަނަ ބައްދަލުވުމަށް އެމެރިކާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުތަކުގެ މާލީ ހިސާބުތައް ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ޢަދަދުތަކުން އެނގޭގޮތުގައި ކުރީގެ ވެރިކަމާއި ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން ފަސްޓް ކުލާހުގެ ބަދަލުގައި ބިޒްނަސް ކްލާސް ޚިޔާރުކޮށް، މާ އާދައިގެ އެކޮމޮޑޭޝަންތަކެއްގައި އަވަހާރަފުޅުލައްޕަވާފައެވެ. ލަގްޒަރީ ޕްރެޒިޑެންޝަލް ސުއިޓްތަކުގެ ބަދަލުގައި އެމަނިކުފާނު އިޚްތިޔާރު ކުރެއްވީ ދެ ހޮޓަލުގެ ކޮޓަރިތަކެވެ. މުޅި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ (2,455،583.01) ދެ މިލިއަން ހަތަރުލައްކަ ފަންސާސް ފަސްހާސް ފަސް ސަތޭކަ އަށްޑިހަ ތިން ރުފިޔާ، އެއް ލާރި އެވެ.

ނަމަވެސް، އެމަނިކުފާނު ކުރެއްވި ދަތުރުފުޅާއި އަޅާބަލާއިރު ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ސަރުކާރުން 5.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާއިރު، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް މިފަދަ ދަތުރަކަށް ވަނީ 4.2 މިލިއަން ރުފިޔާއަށް އަރާފައެވެ. މި އަދަދުތަކުން ހާމަވަނީ އިސްރާފު ކުރުމުގެ ބަދަލުގައި ރައީސް ޑރ. މުޢިއްޒު ޚަރަދު ކުޑަ ވެރިކަމެއް ހިންގެވުމަށްޓަކައި ނަމޫނާ ދައްކަވާކަމެވެ.

Advertisement

Advertisement 1

ޚަރަދު ކުޑަކުރެއްވި ނަމަވެސް، ދުނިޔޭގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެމަނިކުފާނު ކުރައްވާ ބައްދަލުވުންތަކަކީ އުފެއްދުންތެރި ބައްދަލުވުންތަކެއް ކަމަށާއި، އިޤްތިޞާދީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ރާއްޖެއަށް ފައިދާހުރި، ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދިނުމަށް މަގުފަހިވެފައިވާ ކަމުގެ ޔަޤީންކަން ރައީސް އޮފީހުން ދީފައިވެ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހްރައީސުލްޖުމްހޫރިއްޔާގެ އޮފީސްރައީސް ޑރ. މުޙައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

3 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

4 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

4 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

4 ދުވަސް ކުރިން - 15:04

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

5 ދުވަސް ކުރިން - 13:44