ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުއްޓާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ޒުވާނެއްގެ ބަންދު 30 ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، ޢަބްދުﷲ ފަޞީހް (24އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުނު ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 340 ގްރާމް ހުރި ކަމަށެވެ.
އޭނާގެ ބަންދާމެދު ފުރަތަމަ ގޮތެއް ނިންމީ މިދިޔަ ހޯމަ ދުވަހުއެވެ. އޭރު އޭނާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. ނަމަވެސް އިއްޔެ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިތުރު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









