ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅޭނެ.
494 ދުވަސް ކުރިން - 16:57
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވަކި ޤައުމެއްގައި ކަންކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭކަމަށް.
494 ދުވަސް ކުރިން - 16:40
ރައީސް ވިދާޅުވީ މިފަދައިން ނިންމެވީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް. މިހާރު އަންހެނުންނަށް ޚާއްސަކޮށްފައިވަނީ ކައުންސިލްތަކުގެ %33 ގޮނޑި.
494 ދުވަސް ކުރިން - 16:36
ދެންމެ ނެގި ވޯޓްގައި އިތުބާރު އޮތް ކަަމަށް 54 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ. އިތުބާރު ނެތް ކަމަށް ވޯޓް ދެއްވީ 11 މެންބަރުން.
494 ދުވަސް ކުރިން - 16:33
މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ މިއަދުގެ މަޖިލިސް ޖަލްސާއަށް ވަޑައިގަތް.
494 ދުވަސް ކުރިން - 15:34
އުމުރުން 21 އަހަރުގެ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރި މިއީ ހަތަރު ވަނަ ފަހަރު. މިފަހަރު އިތުރު 20 ދުވަސް.
494 ދުވަސް ކުރިން - 15:31
އޭޓީއެމް ހިދުމަތް ފެށި ރަށްތަކަކީ ނ. އަތޮޅު ހެނބަދޫ, ކުޑަފަރި, މަގޫދޫ, ލަންދޫ އަދި މާޅެންދޫ.
494 ދުވަސް ކުރިން - 15:26
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހު ތަންފީޒުކުރުމުން "ޖެނަރޭޝަނަލް ބޭން"ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާވާނެ.
494 ދުވަސް ކުރިން - 15:22
ބަންކަރިން ޚިދުމަތުގެ ޑިމާންޑް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ސަރުކާރުން އަންނަނީ އެކަމާއި ގުޅޭ ޤާނޫނުތަކާއި ދައުލަތުގެ ތެރެއިން އިންތިޒާމްތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް.
494 ދުވަސް ކުރިން - 14:29
ކާޑެއްދޫގައި ފަސިންޖަރުން އުޅޭ ސަރަޙައްދާއި ކެންޓީނު ސަރަޙައްދުގައިވެސް ހުވަނި ވަނީ ވަރަށް ގިނަވެފައި. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް.
494 ދުވަސް ކުރިން - 14:25
އުތީމަކީ މިހާރަށްވުރެ ވެސް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައިި ވަނީ މަޝްވަރާކޮށްފައި.
494 ދުވަސް ކުރިން - 13:33
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ވަނީ 10 ދުވަސް ދީފައި.
494 ދުވަސް ކުރިން - 11:47