Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުންފަތް ކޮންޓްރޯލްކުރުމަށް ގެންނަ "ޖެނެރޭޝަނަލް ބޭން"އަށް ޑަބްލިޔުއެޗްއޯގެ ތައުރީފު!

ދުންފަތް ކޮންޓްރޯލްކުރުމަށް ގެންނަ "ޖެނެރޭޝަނަލް ބޭން"އަށް ޑަބްލިޔުއެޗްއޯގެ ތައުރީފު!

އަހްމަދު އީޒާން
391 ދުވަސް ކުރިން - 15 މެއި 2025 15:22
ދުންފަތާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއް / ފޮޓޯ: ޑަބްލިއުއެޗްއޯ
ދުންފަތާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއް / ފޮޓޯ: ޑަބްލިއުއެޗްއޯ
ޚުލާސާ

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހު ތަންފީޒުކުރުމުން "ޖެނަރޭޝަނަލް ބޭން"ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާވާނެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ނުވަތަ "ޖެނެރޭޝަނަލް ބޭން"އެއް ކަނޑައެޅުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, ޑަބްލިއުއެޗްއޯ އިން އެކަމަށް މަރުހަބާ ކިޔައި، ތައުރީފުކޮށްފި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިހާރު ގެނެސްފައިވާ އިސްލާހު ތަންފީޒުކުރުމުން "ޖެނަރޭޝަނަލް ބޭން"ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން މަނާވާނެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނިންމި މި މުހިންމު ނިންމުމަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. މިއީ މުސްތަގުބަލުގައި, ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ ޖީލެއް އުފެއްދުމަށް އެ ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމު ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

Advertisement

Advertisement 1

"ޖެނަރޭޝަނަލް ބޭން"ގެ ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނުކުރެއްވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ޖަނަވަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.

ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނާއި އިސްލާހާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާޑަބްލިޔޫއެޗްއޯދުންފަތް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

9 ދުވަސް ކުރިން - 23:07

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

10 ދުވަސް ކުރިން - 11:51

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

އެންސްޕާގެ ވެލްފެއާގެ ބައެއް ޚިދުމަތްތައް އާސަންދައިގެ ދަށަށް ބަދަލުކޮށްފި

10 ދުވަސް ކުރިން - 20:58

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލިން ފަސް މީހަކު ރަނގަޅުވެއްޖެ

10 ދުވަސް ކުރިން - 20:36

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

ދުންފަތުގެ ޑިއުޓީ ކުޑަކުރުމާމެދު ސަރުކާރުން މަޝްވަރާ ފަށައިފި

10 ދުވަސް ކުރިން - 17:38

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

10 ދުވަސް ކުރިން - 17:03