Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަޅުގަނޑަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް: އަމީން

އަޅުގަނޑަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް: އަމީން

އަހްމަދު އީޒާން
392 ދުވަސް ކުރިން - 15 މެއި 2025 15:34
މަޖިލިސް ޖަލްސާގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް
މަޖިލިސް ޖަލްސާގައި މިނިސްޓަރު އަމީން ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ މިއަދުގެ މަޖިލިސް ޖަލްސާއަށް ވަޑައިގަތް.

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި އޭނާއާ ގުޅޭ ގޮތުން އުފުލާފައިވާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ މިއަދުގެ މަޖިލިސް ޖަލްސާއަށް ވަޑައިގަތެވެ.

އެ ޖަލްސާގައި އަމީން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ކޮށްފައިވާ ހަތް ތުހުމަތަށް ވަކިވަކިން ޖަވާބުދާރިވެވަޑައިގެންފަ އެވެ. އަދި އެ ހަތް ތުހުމަތު ވެސް ދޮގުކުރައްވައި، އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

އަމީން ވިދާޅުވީ އަންހެން މީހާ ވެއްޓުނު ހާދިސާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހެއް ޝާމިލުވާކަން ތަހުގީގީ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އާއިލީ މީހަކު ޝާމިލުވާ ކަމަށް އެހެން ގޮތަކުން ވެސް މައުލޫމާތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ބުއްދީގެ ހަމަތަކުން ބަލާއިރު، މި މައްސަލައަށް ނުފޫޒުފޯރުވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގޭގައި މި މައްސަލާގައި ތުހުމަތުކުރެވޭ ބަޔަކު ޣައިރު ގާނޫނީ އަމަލުތަކެއް ކޮށްފައިވާކަން މައްސަލާގައި ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ގެއަކީ ހަމައެކަނި އޭނާގެ ގެއެއް ނޫން ކަމަށާއި އޭނާގެ އެއްބަނޑުއެއްބަފާ ތިން މީހެއް އެ ގެއަށް ނިސްބަތްވާ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ގޭގެ ވެރިންގެ ތެރޭގައި ގިނަ ބަޔަކު ހިމެނޭއިރު، ވަކި މަގާމެއްގައި ހުރީތީ، ބަލަދު ނަރާ ބަޔަކު ކުރާ ޣައިރު ގާނޫނީ އަމަލެއްގެ ޒިންމާ އޭނާ ނެގުމަކީ އެއްވެސް އަސާސެއް ހުރިކަމެއް ނޫން ކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާރައްޔިތުންގެ މަޖިލިސްޔުމްނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

11 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50