ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ފަސް ވަނައިގައި އޮތް ޖަރުމަނުން އަހަރުގެ މިހާތަނަށް 100,796 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. ޖަރުމަނުގެ އިތުރުން ޖުމްލަ ފަސް ޤައުމަކުން އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، ޔޫކޭ އަދި އިޓަލީ.
769 ދުވަސް ކުރިން - 14:48
މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 719 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފި, މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.7% އިތުރު އަދަދެއް. ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތަކަށް ފަންޑު ހޯދުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެއް.
771 ދުވަސް ކުރިން - 15:36
ފެނަކަ ކޯފަރޭޝަންގެ ޗެއާމަން ކަމަށް ޝިމާދު އައްޔަންކުރެއްވީ އެމަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަ ކުރެވޭ
771 ދުވަސް ކުރިން - 12:52
ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އިންޑިއާއިން ކުރިން ވެސް ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވޭ. މީގެ ތެރޭގައި 2022 ވަނަ އަހަރު ދެއްވި 100 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް ލޯނާއި، 2023 ވަނަ އަހަރު ދެއްވި 200 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ހިމެނޭ.
772 ދުވަސް ކުރިން - 13:11
ޗައިނާގެ އައިސީބީސީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 17،000 އަށް ވުރެ ގިނަ ބްރާންޗް ހިންގާ. މި ބޭޏްކު ރާއްޖެއަށް އައުމުން ވިޔަފާރި ހިންގަން ފަސޭހަވެ އިގްތިސާދު "ބޫސްޓު" ކޮށްލެވޭނެ މަގު ތަނަވަސްވާނެ. ހާއްސަކޮށް ބޭރުގެ ދަރަނިތަކަށް ލުއި ހޯދުމަށް ބޮޑު މަގެއް ކޮށައިލެވޭނެ
772 ދުވަސް ކުރިން - 12:01
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ބަޔާންތައް އެމެރިކާ ޑޮލަރުން ދައްކަންޖެހޭނެކަމަށާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅޭ ބަޔާންތައްވެސް އެމެރިކާ ޑޮލަރުން ދައްކަންޖެހޭނެކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވޭ. މި އިސްލާހުތަކުގެ ތެރެއިން، އިން، ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅޭ ބަދަލުތައް 31 އޮކްޓޫބަރު 2024 އިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް މީރާއިން ބުނެފައިވޭ.
773 ދުވަސް ކުރިން - 23:31
މީރާއަށް 2024 ވަނަ އަހަރުގެ އޮގަސްޓް މަހު 1.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %23.9 އިތުރުވުމެއް. މީގެ އިތުރުން މީރާއިން ވަނީ ބޭރު ފައިސާގެ %34.5 އިތުރު އާމްދަނީއެއް ލިބިފަ
774 ދުވަސް ކުރިން - 13:07
ނިމިދިޔަ އޮގަސްޓު މަހު ރާއްޖެއަށް 176،151 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ސާވިސްއިން ހާމަކޮށްފި. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެއް، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން އެއީ 38،987 ފަތުރުވެރިން.
777 ދުވަސް ކުރިން - 18:45
މި ޕާޓްނަޝިޕްގެ ސަބަބުން އިނޮވޭޝަން، އެންޓްރަޕްރިނިއަރޝިޕް އަދި ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި މީގެ އިތުރުން، ރާއްޖޭގައި ޑިޖިޓަލް ކޮމިއުނިޓީއެއް އުފެއްދުމަށާއި ވިޔަފާރީގެ މާޙައުލު ކުރިއެރުވުމަށް މި ޕާޓްނަޝިޕުން އެހީތެރިވެދޭނެ ކަމަށް ދިރާގުން ބުނި.
777 ދުވަސް ކުރިން - 18:11
ބަންކަރިންގެ ޚިދުމަތް މި މަހުގެ 12 ގައި ހޯރަފުށީ ފަރާ ދިމާލުން އޮފްޝޯކޮށް ފެށުމަށް ވަނީ ހަމަޖެހިފައެވޭ. މި ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދު އެއް ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެއް.
777 ދުވަސް ކުރިން - 13:21
އެމެރިކާއިން ރާއްޖެއަށް ސަފީރެއް ކަނޑައެޅީ މިދިޔަ އަހަރު. އެމެރިކާގެ ސަފީރު ހޫގޯ ޔޮން ވިދާޅުވީ އެމެރިކާ އާއި ރާއްޖޭގެ ގުޅުން ބިނާވަނީ ޑިމޮކްރަސީ އާއި މިނިވަންކަމާއި ސިޔާދަތީ ބާރުގެ މައްޗަށް ކަމަށާ ދެމެހެއްޓެނިވި އިޤްތިޞާދެއް ރާއްޖޭގައި އޮންނަން ބޭނުންވާ ކަމަށް
777 ދުވަސް ކުރިން - 10:15
މީގެ އިތުރުން، އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގ ޚިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް އަދި އޯޕީއެލް ސާވިސަސް ފޯރުކޮށްދިނުމުގެ މަސައްކަތް މި މަހު ތެރޭގައި ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވޭ.
778 ދުވަސް ކުރިން - 19:47