އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރިޒާވް ވަނީ 395 މިލިއަން ޑޮލަރުން 444 މިލިއަން ޑޮލަރަށް އިތުރުވެފައި. މިއާއެކު ޔޫޒަބަލް ރިޒާވް ވެސް %26 ވަނީ އިތުރުވެފައި.
778 ދުވަސް ކުރިން - 13:47
މިި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 202,613 އަށް ވަނީ އަރާފައި. މި އަހަރުގެ މިހާތަނަށް ޖުމްލަ 1,386,530 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ މި އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން.
778 ދުވަސް ކުރިން - 12:57
އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް 300 މެޓްރިކް ޓަނުގެ މުދާ ގެންނަ "އެމްވީ ނިއުމަތު" އަންނަ ބުދަ ދުވަހު (11 ސެޕްޓެމްބަރ 2023) ހިތަދޫ ރީޖަނަލް ޕޯޓަށް ކައިރިކުރާނެ ކަމަށް އެމްޕީއެލުން ބުނެފި. މި ބޯޓުގައި ހުރީ ތަރުކާރީ، މޭވާ އަދި އެހެނިހެން ޖެނެރަލް ކާގޯ. މިއީ އިންޑިއާއިން އައްޑޫއަށް ސީދާ މުދާ ގެނައުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ދަތުރެއް.
779 ދުވަސް ކުރިން - 20:38
އެމްޑަބްލިޔުއެސްސީ އިން އަޅާފައިވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފިކަމަށާ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް 76.2 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ ކަމަށް އެކުންފުނިން ބުނެފި. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 40.3 މިލިއަން ރުފިޔާގެ އިތުރުވުމެއް
780 ދުވަސް ކުރިން - 14:21
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ޑޮކިއުމަންޓް ވިއްކައިގެން ކަމަށް. މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ބިޑު ހުށެހެޅޭނެ.
781 ދުވަސް ކުރިން - 16:42
ބޯޑަށް ބަދަލު ގެނައީ ދާދި ފަހުން އެ ބޭންކުން ގެންނަން އުޅުނު "ފައިނޭންޝިއަލް ބަޣާވާތެއް" ސަރުކާރުން ހުއްޓުވާލުމަށްފަހު، ބީއެމްއެލްއަށް ސަރުކާރުގެ ނުރުހުމާ ކުރިމަތިވި މައްސަލައަކާ ގުޅިގެންކަން ފާހަގަ ކުރެވޭ. ފިޝަރީޒް މިނިސްޓަރ ޝިޔާމާއި އެނޫންވެސް ގިނަ ޢަދަދެއްގެ ސަރުކާރުގެ ވަޒީރުންނާއި މަޖިިސް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި ބޭންކުން ގެންނަން އުޅުނު ބަޣާވާތަކީ އިދިކޮޅު ފަރާތްތައް އެކަމުގެ އަޑީގައި ތިބެގެން ހިންގި ކަމެއް
781 ދުވަސް ކުރިން - 16:20
އަޒަރުބައިޖާން އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުތައް ކުރުމުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއަރކްރާފްޓް. މި ދަތުރުތަކުގެ ދިގުމިނަކީ 6 ގަޑިއިރު.
781 ދުވަސް ކުރިން - 15:59
ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ކަސްޓަމްސްގެ އޮފީސްތަކުން މުދާ ދޫކުރުމާއި، އުޅަނދުފަހަރަށް ކްލިއަރެންސް ދިނުމާއި، އަދި ބޮންޑެޑް ވެއަރހައުސްތަކާ ގުޅޭ ޚިދުމަތްތައް މިއަދު ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށް
781 ދުވަސް ކުރިން - 14:00
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަރުވާފައިވާއިރު، މުހިންމު އިސްނެގުމާއި، ޕާޓްނަޝިޕްތަކާއި، ދެމެހެއްޓެނިވި މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިމަގު ދަނީ އިތުރުވަމުން
781 ދުވަސް ކުރިން - 11:54
ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. ބޯޓުތަކަށް ރާއްޖެއާއި ހަމަޔަށް ފޯރާނީ މިމަހުގެ 8 ގައި. އެއަށްފަހު 11 ، 12 ހާތާނގައި އުތުރަށް ބޯޓުތައް ގެންގޮސް ޚިދުމަތް ފެށޭނެ
781 ދުވަސް ކުރިން - 11:28
ދިވެހިރާއްޖޭ ގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ އުސޫލުތައް މި ޤާނޫނުގައި ބަޔާން ކޮށްފައިވޭ. މި ޤާނޫނުގެ ދަށުން އެފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން
783 ދުވަސް ކުރިން - 15:49
ނައިބު ރައީސް އިފްތިތާހުކޮށްދެއްވިި މި ޕޯޓަލްގެ ދަށުން ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ހަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ހިދުމަތް ފޯރުކޮށްދެއްވޭނެ މަގުފަހިވެގެންދާނެ. މިއީ ސަރުކާރުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމުކުރި ޕޯޓަލްއެއް
783 ދުވަސް ކުރިން - 15:33