Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ސިޔާސަތުތަކުން ފަތުރުވެރިކަން މިދިޔަ އަހަރަށްވުރެ ކުރިއަރައިފި

ސަރުކާރުގެ ސިޔާސަތުތަކުން ފަތުރުވެރިކަން މިދިޔަ އަހަރަށްވުރެ ކުރިއަރައިފި

ހުސައިން އިސްމާއިލް
707 ދުވަސް ކުރިން - 5 ސެޕްޓެންބަރު 2024 11:54
ފޮޓޯ: ދަ އެޑިޝަން
ފޮޓޯ: ދަ އެޑިޝަން
ޚުލާސާ

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޓޫރިޒަމް ކާމިޔާބުކަމާއެކު ކުރިއަރުވާފައިވާއިރު، މުހިންމު އިސްނެގުމާއި، ޕާޓްނަޝިޕްތަކާއި، ދެމެހެއްޓެނިވި މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ، ޤައުމުގެ އިޤްތިޞާދީ ކުރިމަގު ދަނީ އިތުރުވަމުން

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކާމިޔާބު ކަމަށް، މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ޓުއަރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ބުނީ, ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ދޭ ސަމާލުކަމުގެ ސަބަބުން ތިމާވެށްޓަށް ލޯބިކުރާ ފަތުރުވެރިންގެ ޕްރިމިއާ ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ މިދަނީ އިތުރަށް ޕޮޒިޝަން ކުރަމުން ނެވެ. "މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިމުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަގުހުރި އިރުޝާދުފުޅާއެކު އަޅުގަނޑުމެންގެ މިނިސްޓަރ އިބްރާހީމް ފައިސަލްގެ ބުރަ މަސައްކަތުންކަން އަޅުގަނޑު ފާހަގަކުރަން. އަދި ކުރިޔަށް އޮތްތަނުގައި މިއަށްވުރެ ވެސް އިރާދަ ކުރެއްވިއްޔާ ވާނީ ރަނގަޅު. މިނިސްޓަރު މިހާރުވެސް އެ މަސައްކަތް ކުރައްވަނީ ދެކުނުގެ ޓޫރިޒަމް ވެސް ފުޅާ ކުރެއްވުމުގަ. އެގޮތުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއްވެސް އެބަ ކުރައްވާ"

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން އޮގަސްޓް މަހުގެ ނިޔަލަށް ފަތުރުވެރިން އައި ޖުމްލަ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު 20ހާސް އިތުރެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 192.39ހާސް ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ރެކޯޑްކުރި 172.50ހާސް ފަތުރުވެރިންނަށް ވުރެ ބޮޑު ކުރިއެރުމެކެވެ.

Advertisement

Advertisement 1

ފެބްރުއަރީ 2024 ގައި 217.39ހާސް މީހުން ޒިޔާރަތްކުރިއިރު 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު 177.92ހާސް ފަތުރުވެރިންނަށް އެއާޕޯޓުން ޚިދުމަތް ދީފައި ވެއެވެ.

2024 ވަނަ އަހަރުގެ މާޗް މަހު 194.23ހާސް އަށް އަރާފައިވާއިރު، އޭގެ ކުރީ އަހަރުގެ މިމަހު އައިސްފައިވަނީ 173.51 ހާހެވެ. އާންމުކޮށް ފަތުރުވެރިން ކޮންމެ އަހަރަކުވެސް އައުން ދަށް މަސްތައް ކަމަށްވާ މެއި އަދި ޖޫން ފަދަ މަސްތަކުގައި ވެސް އެ އަދަދުތައް އިތުރު ވެފައިވެ އެވެ. 2024 ވަނަ އަހަރުގެ މެއި މަހު 119.88ހާސް މީހުން އައިސްފައިވާއިރު، މިއަހަރުގެ ޖޫން މަހު 123.28ހާސް މީހުން އައިސްފައިވެއެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކާމިޔާބީ ނިސްބަތްކުރެވޭނީ ސަރުކާރުގެ މުހިންމު ބައެއް މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ރައްކާތެރި އަދި އެދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމާއި، އެއަރލައިންތަކާއި ޓުއާ އޮޕަރޭޓަރުންނާއެކު މުހިއްމު ޕާޓްނަރޝިޕްތައް ގާއިމްކުރުން ހިމެނެއެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓްތަކުގެ ހަރަކާތްތައް އިތުރުވުމުން ދޭހަވާ ގޮތުގައި ބައިނަލްއަގްވާމީ ފްލައިޓްތަކުގެ އަދަދު އިތުރުވުމަކީ ވެސް އިތުރުވަމުން އަންނަ ފަތުރުވެރިންނަށް ޖާގަ ދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

562 ދުވަސް ކުރިން - 09:54

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ

ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތައް ތަރައްޤީކުރަނީ

574 ދުވަސް ކުރިން - 13:12

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އާ ބޯޓާއެކު ޗައިނާއިން 40,000 ފަތުރުވެރިން ގެންނަނީ

575 ދުވަސް ކުރިން - 14:12

މަޓާޓޯ އަލުން ރީބްރޭންޑުކޮށް މިއަހަރު “ސާފް ޓޫރިޒަމަށް” އަމާޒު

މަޓާޓޯ އާރޯކޮށް ސާފް ޓޫރިޒަމަށް

581 ދުވަސް ކުރިން - 10:50

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ރެކޯޑް ޢަދަދަކަށް

585 ދުވަސް ކުރިން - 11:28

ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުމަށް ސަރުކާރުން އަމާޒު ހިފައިފި

ފަތުރުވެރިކަމުން 5 ބިލިޔަން ޑޮލަރު ހޯދުމަށް އަމާޒުކޮށްފި

595 ދުވަސް ކުރިން - 15:56