Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ

އައިޝަތު ރުވާ ރިފްޢަތު
574 ދުވަސް ކުރިން - 16 ޖެނުއަރީ 2025 13:12
ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ
ޚުލާސާ

ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކުރޫޒް ލައިނާތައް ރާއްޖެއަށް އައުމަށް އޮތް ދަތިތައް ނައްތާލުމަށް މިހާރު ވަނީ އެ ގަވާއިދު އިސްލާހުކޮށްފައި.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕޮރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިޞަލް ވިދާޅުވީ ރާއްޖެއަށް އަންނަ ކުރޫޒް ލައިނާތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން އައްޑޫ އަދި ލާމު އަތޮޅު ފަދަ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ނުވަތަ ބަނދަރުތަކެއް ތަރައްޤީކުރުމަށް ދިރާސާކުރަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"އައްޑޫ ކަހަލަ ލާމު އަތޮޅު ކަހަލަ ތިން ސަރަހައްދެއްގައި، މިދަނީ ބަލައި ދިރާސާކުރަމުން، ކޫރޫޒު ލައިނާތަކަށް ހާއްސަ ޖެޓީތައް ނުވަތަ ބަނދަރުތައް ހަދާ، ކުރޫޒް ލައިނާތައް އެ ހިސާބުތަކަށް ގެންދިޔުމަށް، ވަރަށް ބޮޑު ކުރިއެރުމަކަށް މިކަން ވާނެ،" ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު އިތުރަށް ވިދާޅުވީ ކުރޫޒް ލައިނާތަކަށް ރާއްޖޭގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ހަދާފައިވާ ގަވާއިދެއްގެ ދަށުން ކުރޫޒް ލައިނާތައް ރާއްޖެއަށް އައުމަށް އޮތް ދަތިތައް ނައްތާލުމަށް އެ ގަވާއިދު އިސްލާހުކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އިސްލާހުތަކާއެކު، މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 600 އަށް ވުރެ ގިނަ ފަތުރުވެރިން ކުރޫޒް ލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާއެއް ރާއްޖެ އައުމަށް ތާވަލުކޮށްފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ކުރޫޒް ޓޫރިޒަމް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ޓޫރިޒަމް މިނިސްޓްރީފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

562 ދުވަސް ކުރިން - 09:54

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އާ ބޯޓާއެކު ޗައިނާއިން 40,000 ފަތުރުވެރިން ގެންނަނީ

575 ދުވަސް ކުރިން - 14:12

މަޓާޓޯ އަލުން ރީބްރޭންޑުކޮށް މިއަހަރު “ސާފް ޓޫރިޒަމަށް” އަމާޒު

މަޓާޓޯ އާރޯކޮށް ސާފް ޓޫރިޒަމަށް

581 ދުވަސް ކުރިން - 10:50

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ރެކޯޑް ޢަދަދަކަށް

585 ދުވަސް ކުރިން - 11:28

ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުމަށް ސަރުކާރުން އަމާޒު ހިފައިފި

ފަތުރުވެރިކަމުން 5 ބިލިޔަން ޑޮލަރު ހޯދުމަށް އަމާޒުކޮށްފި

595 ދުވަސް ކުރިން - 15:56

މިއަދު ދެ މިލިއަން ފަތުރުވެރިން، ތާރީޚީ ކާމިޔާބީއެއް

މިއަދު ދެ މިލިއަން ފަތުރުވެރިން، ތާރީޚީ ކާމިޔާބީއެއް

595 ދުވަސް ކުރިން - 07:28